ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއްގައި އަންހެނަކު ހޯދަނީ
ކުޑަކުއްޖެއްގެ ގައިގައި ޖަހައި, މާރާމާރީ ހިންގި މައްސަލައެއްގައި އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.
އެކަމާ ގުޅިގެން ފުލުހުން މިއަދު ކުރި އިއުލާނުގައި ބުނީ އެ މައްސަލައިގައި ފުލުހުންގެ އިދާރާއަށް ހާޒިރުކުރަން ބޭނުންވަނީ ގދ. ގައްދޫ, ދިލާވަރުގެ އުމުރުން 25 އަހަރުގެ ޝަފުރާ އަބްދުﷲ އާދަމް ކަަމަށެވެ.
އަދި އެއީ ގދ. ގައްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޝަފޫރާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.
އަދި އެ އިއުލާނުކޮށްފައި ވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ޝަފޫރާ ހާޒިރުކުރަނީ ތުހުމަތުކުރެވޭ މައްސަލާގެ ތަހުގީގަށް ސުވާލުކުރުމަށް ކަމަށެވެ.
އަންނަ ހޯމަ ދުވަހުގެ ހެނދުނު 10 ޖަހާއިރު ޝަފޫރާ ހާޒިވާން ޖެހެނީ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ނުވަތަ ގައްދޫ ޕޮލިސް ސްޓޭޝަނަށް ކަމަށް ފުލުހުންގެ އިއުލާނުގައި ބުނެފައިވެ އެވެ.