Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދަން ޓާސްކްފޯހެއް އެކުލަވައިލަނީ

ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދަން ޓާސްކްފޯހެއް އެކުލަވައިލަނީ

ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް، ކަމާބެހޭ ފަރާތްތައް ހިމެނޭ ގޮތަށް ޓާސްކްފޯހެއް އެކުލަވައިލަަން ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.

އެގޮތަށް ނިންމާފައިވަނީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގަ އެވެ.

ރައީސް އޮފީހުން މިއަދު ޝާއިއުކުރި ހަބަރެއްގައި ބުނީ ޓާސްކު ފޯސް އެކުލަވާލަނީ ދައުލަތުން ނުދެއްކި ހުރި ފައިސާގެ ބަދަލުގައި، ވެންޑަރުންނަށް އިތުރު އާމްދަނީއެއް ލިބޭނެ ފަދަ ޓީ-ބޮންޑަކަށް އެ ފައިސާ ބަދަލުކުރުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.

Advertisement
HDC — Sidebar (box)

އަދި ބިމެއް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ދެވޭނެ އިންތިޒާމު ހަމަޖެއްސެމުށާއި، ވިޔަފާރިތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ އިން އޮފްސެޓް ކުރުމާއި، އެކިއެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުންވެސް އެ ޓާސްކު ފޯހުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

އެ ފައިސާ ހޯދުމުގެ މަސައްކަތް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރެއްވުމާއި، ފިނޭންސުން ހުށަހެޅި ލޯނު އޮޕްޝަންތަކުގެ އިތުރަށްވެސް ކުރު މުއްދަތެއްގެ ތެރޭގައި ލޯނު ލިބޭނެ އިތުރު އޮޕްޝަންތައް ބައްލަވައި އެކަމަށް މަސައްކަތްކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް