Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ކުޅިވަރު

ހައިދަރުއާބާދު މެރެތަން: ނަސްރުގެ 96، ޝިފާޒަށް ކެޓަގަރީގެ ދެވަނަ

ހައިދަރުއާބާދު މެރެތަން: ނަސްރުގެ 96، ޝިފާޒަށް ކެޓަގަރީގެ ދެވަނަ

ދިވެހި ދުވުންތެރިން ވާދަކުރި 13 ވަނަ ހައިދަރުއާބާދު މެރެތަންގައި ވާދަކޮށް ރާއްޖޭގެ ކާމިޔާބު ކޯޗް، އަދި ތަޖުރިބާކާރު އެތުލީޓް، ނަޞްރުﷲ އަޙްމަދު (ނަސްރު)އޭނާގެ 96ވަނަ މެރެތަން ފުރިހަމަކޮށްފި އެވެ.

100 އިންޓަނޭޝަނަލް މެރެތަން ފުރިހަމަކޮށް ރެކޯޑް ހެދުމުގެ އަޒުމުގައި މަސައްކަތް ކުރަމުން އަންނަ ނަސްރު، މިދިޔަ އާދީއްތަ ދުވަހު، 13 ވަނަ ހައިދަރުއާބާދު މެރެތަންގައި ދުވެ 96 ހަމަކުރުމާ ގުޅިގެން "ދެން" އާ ވާހަކަ ދައްކަމުން ނަސްރު ބުނީ މިއީ ވަރަށް އުނދަގޫ ރޫޓެއްގައި އޮތް މެރެތަންއެއް ކަމަށާއި ނަމަވެސް އުއްމީދުކުރި ވަރަށް ވުރެ އަވަހަށް ރޭސް ނިންމުމާ އެކު މުޅި ރޭހާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

ހައިދަރުއާބާދު މެރެތަންއަކީ މެރެތަން ރޫޓްތަކުގައި ތެރެއިން މުޅި ދުނިޔެއިން ވެސް އެންމެ އުނދަގޫ އެއް ރޫޓްގައި އޮންނަ މެރެތަން އެކެވެ. އެ ގޮތުން މި މެރެތަންގައި 80 އިންސައްތަ ރޫޓަކީ ހިލްސް ހިމެނޭ ރޫޓެކެވެ. އަދި ބިމާ އެއް ހަމައެއްގައި ދުވެވެނީ މި ރޭހުގެ 20 އިންސައްތަ ރޫޓްގަ އެވެ. ހަމަ އެއާ އެކު ހައިދަރުއާބާދަކީ ކަނޑަށް ވުރެ 500 މީޓަރަށް ވުރެ އުސްކޮށް އޮންނަ ސަރަޙައްދެކެވެ.

Advertisement
Ooredoo — Square (box)

މި މެރެތަންގައި ރާއްޖޭގެ ގިނަ އެތުލީޓުންތަކެއް ވާދަކޮށްފައި ވެއެވެ. އެގޮތުން ނަޞްރުގެ އައިލެންޑް ރަނަރސްގައި އޭނާގެ އިރުޝާދުގެ ދަށުން ޓްރޭނިން ހަދަމުން އަންނަ ހަތް އެތުލީޓުން ވަނީ މި ރޭހުގެ ހާފް މެރެތަން އިވެންޓްގައި ވާދަކޮށް އިވެންޓް ފުރިހަމަކޮށްފަ އެވެ. އޭގެ ތެރެއިން، އިންޓަނޭޝަނަލް ރޭސްތަކާ ދުރުގައި ދުވަސްކޮޅަކު ހުރުމަށް ފަހު މި ރޭހުގައި ދުވި މުޙައްމަދު ޝިފާޒް ވަނީ އޭނާގެ އޭޖް ކެޓަގަރީން ދެވަނަ ހޯދައިފަ އެވެ.

މި އެތުލީޓުންގެ ޓައިމްތަކާ ގުޅޭ ގޮތުން ނަސްރު ބުނީ ހުރިހައި އެތުލީޓުންގެ ޓައިމިންތަކާ މެދު ހިތްހަމަ ޖެހޭ ކަމަށާއި އަދި އެތުލީޓުން ކުރިއެރުންތައް ހޯދަމުން އަންނަ ތަން ފެންނަ ކަމަށެވެ.

"އެހާ އުނދަގޫ ރޫޓެއްގައި ހަމަ ހުރިހާ އެތުލީޓުންތަކެއް ވެސް ނެރުނީ ވަރަށް ރަނގަޅު ޓައިމިންތަކެއް، މިހާރު އެ އެތުލީޓުން އެ ތިބި ފިޓްނަސްއަށް ބަލާއިރު ފުލެޓް ރޫޓެއްގައި މި ހުރިހާ އެތުލީޓުން ވެސް ރާއްޖޭގެ ނިސްބަތުން ރަނގަޅު ޓައިމިންތަކެއް ނެރޭނެ" ނަސްރު ބުނެފައި ވެއެވެ.

[caption id="attachment_238498" align="alignnone" width="768"]<img class="wp-image-238498 size-large" src="https://cdn.dhen.mv/wp-content/uploads/2024/08/Nasr-and-Irufan-768x1024.jpeg" alt="" width="768" height="1024" /> ނަސްރު، އޭނާގެ އެތުލީޓް އިރުފާންއާ އެކު؛ އިރުފާން ވަނީ ހާފް މެރެތަންގައި ރާއްޖޭގެ އެތުލީޓުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ނެރެފައި[/caption]

ނަސްރުގެ 97 ވަނަ މެރެތަންއަކަށް ތައްޔާރުވަމުން ދަނީ އަންނަ އޮކްޓޫބަރުގައި އޮންނަ ބެންގަލޫރު މެރެތަން އަށެވެ. ނަސްރު ބުނި ގޮތުގައި އޭނާގެ އަމާޒަކީ މި އަހަރުގެ ތެރޭގައި 99 ހަމަކޮށް، 100 ވަނަ މެރެތަން ކުލަގަދަކޮށް ފާހަގަ ކުރުމެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް