ފުލުހުންގެ ބަޔާން ސިޔާސީ ކަމަށް ތުހުމަތުކޮށް ފާޑުކިޔަނީ

އިދިކޮޅު ފަރާތްތަކުން ބޭންކު އޮފް މޯލްޑިވްސް މެދުވެރިކޮށް ސަރުކާރު ވައްޓާލަން އުޅޭ ކަމަށް ތުހުމަތުކޮށް ފުލުސް އޮފީހުން ނެރުނު ބަޔާނަކީ ސިޔާސީ ބަޔާނެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
ބީއެމްއެލުން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓްތަކަށް ބަދަލު ގެނައިކަން އެ ބޭންކުން ހާމަކުރީ އާދިއްތަ ދުވަހުގެ ހެނދުނު އެވެ.
ގެނެވުނު ބަދަލުތަކަށް ވަގުތުން އަމަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ ބުނެފަ އެވެ. ސަބަބެއް ކަމަށް ބުނީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީ ކަމަށެވެ.
ކާޑު ލިމިޓުތަކަށް ބޭންކުން ގެނައި ބަދަލުތައް:
- މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ.
- މިއަދުން ފެށިގެން އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ.
- މިހާރު ދޫކޮށްފައިވާ ސްޓޭންޑަޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތައް: މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރުން.
"ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދާފައިވާތީ، މިކަމަކީ ގާނޫނީ ސަރުކާރެއް ގައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ވަނީ ތަހުގީގު ކުރަން ފަށާފަ އެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.ފުލުހުން ނެރުނު އެ ބަޔާން ގިނަ މީހުން ސިފަކުރީ "ސިޔާސީ" ބަޔާނެއްގެ ގޮތުގަ އެވެ. އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ފުރަތަމަ ޖެއްސެވީ "ޖޯކަރު" ކާޑެކެވެ. އެއަށްފަހު "މާލީ ބަގާވާތް ކުރެއްވި ގޮތް ފޮރިން މިނިސްޓަރުގެ ބަސްފުޅުން،" ލިބުނު މައުލޫމާތެއް ހިއްސާކޮށްލީ ކަމަށް ވިދާޅުވެ ވީޑިއޯ ކްލިޕަކާ އެކު ރައްދު ދެއްވި އެވެ. https://twitter.com/faya_i/status/1828108394202624019 އުވާލަން ނިންމާފައިވާ އެމްއާރުއެމްގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ފާރިސް މައުމޫން އެދިވަޑައިގެންނެވީ ފުލުހުންނަކީ "އަނެއްކާވެސް ސަރުކާރު، ސިޔާސީ ގޮތުން ބޭނުންކުރާ ހަތިޔާރަކަށް" ވިޔަ ނުދިނުމަށެވެ. https://twitter.com/afarismaumoon/status/1828112804907507823 ބަޔާނަށް "ކޮމެންޓް" ކުރި އާންމުންގެ ގިނަ މީހުންގެ ބަސްމަގު ވެސް ހުރީ އެ ބީދައިންނެވެ. ސިފަކުރީ މިއީ ފުލުހުން ނެރޭވަރުގެ ބަޔާނެއް ނޫން ކަމަށެވެ. ކަމުން އަންގުވައިދެނީ އަނެއްކާ ވެސް ފުލުހުން "ސިޔާސީ" ވެފައިވާ މިންވަރު ކަމަށެވެ. "މި ބަޔާން ކިޔާލުމުން އެނގެނީ ދިވެހި ފުލުހުން ސިޔާސީވެފައި އޮތް މިންވަރު،" ކަމަށް އިސްމާއިލް ޒަރިޔަންދު ވިދާޅުވި އެވެ. https://twitter.com/zariyand/status/1828148504549884168 ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވެސް ވަނީ އެ ބަޔާނަށް ފާޑުވިދާޅުވެފަ އެވެ. https://twitter.com/Imthiyazfahmy/status/1828141344088563857 https://twitter.com/MickailNaseem/status/1828286250312413242 ރޭ ކޮންގްރެސް ޕާޓީން ބޭއްވި ޖަލްސާގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވި ގޮތުގައި އެމްޑީޕީން ގެންނަން އުޅުނު ބަގާވާތް ނުގެނެވުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިކުމަތްތެރިކަމުންނެވެ.






ކޮމެންޓް