Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޝަރިއަތުގެ މާލަމުގެ ކުޑަދޮރު ހަލާކުކޮށްގެން ވަދެ ޑްރަގު ކޯޓުން ވައްކަންކޮށްފި

ޝަރިއަތުގެ މާލަމުގެ ކުޑަދޮރު ހަލާކުކޮށްގެން ވަދެ ޑްރަގު ކޯޓުން ވައްކަންކޮށްފި

ޑްރަގް ކޯޓުން ރޭ ދަންވަރު ވައްކަން ކޮށްފި އެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި އެ ކޯޓުން ބުނީ ވައްކަންކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ކޯޓު ތެރެއަށް ވަދެފައިވަނީ ކޯޓާ އިންވެގެން ހުންނަ ގެތަކާއި ކޯޓާ ދެމެދު އޮންނަ ގޯޅިއަށް ހުރި ކޯޓުގެ ޝަރީއަތް ކުރާ މާލަމެއްގެ ކުޑަދޮރު ހަލާކޮށްލައިގެން ކަމަށެވެ.

އެ މާލަމުން ކޯޓުގެ އެކި ހިސާބުތަކަށް ވަދެ, ތަޅުލާފައިވާ ބައެއް ކަބަޑުތައް ފަޅާލައި ކޯޓުގެ ރެކްރިއޭޝަން ކްލަބުގެ ބައެއް ފައިސާ ވަގަށް ނަގާފައިވާ ކަމަށް އެ ކޯޓުން ބުންޏެވެ.

Advertisement
Allied — Dhen Online (box)

އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު އެ މައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް ކޯޓު ބަލައި ފާސްކޮށް, މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ކޯޓުން ބުންޏެވެ.

މީގެ ކުރިން 2022 ވަނަ އަހަރުގެ ތެރޭގައި ވެސް އެ ކޯޓުން ވައްކަން ކޮށްފައިވާއިރު އެ ފަހަރު ވައްކަން ކޮށްފައިވަނީ ކޯޓުގެ ކުޑަދޮރު ހަލާކުކޮށްލައިގެން ވަދެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް