Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އޮންލައިންކޮށް ސަދަގާތް ކުރެވޭނެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސައިފި

އޮންލައިންކޮށް ސަދަގާތް ކުރެވޭނެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސައިފި

އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް ސަދަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސާ އެކަން ލޯންޗުކޮށްފި އެވެ.

އިސްލާމީ މަރުކަޒުގެ ވެބްސައިޓުގައި ސަދަގާތް ކުރުމަށް ހާއްސަ ޕޭޖެއް ގާއިމްކޮށް އެކަން ލޯންޗުކޮށްދެއްވީ މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިނިސްޓްރީ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭ ކަންތައްތަކުގެ ތެރޭގައި ގުރުއާން ހިފްޒު ކުލާސްތަކަށް އެހީވުމަށާއި، އުމްރާއަށް ފޮނުވުމަށް އެހީވުމާއި، އިސްލާމީ ދާއިރާތަކުން މަތީ ތައުލީމަށް އެހީވުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ.

Advertisement
Allied Insurance — Square (box)

އަދި އިސްލާމީ ލައިބްރަރީތައް ގާއިމްކުރުމަށް އެހީވުމަށާއި، މިސްކިތް ބިނާކުރުމަށް އެހީވުމަށާއި، ގުރުއާން ހިތުދަސްކޮށް ނިންމާ ފަރާތްތައް އުމްރާއަށް ފޮނުވުމަށާއި، ދީނީ ހަރަކާތްތަކަށް ސްޕޮންސާ ދިނުމުގެ އިތުރުން މިސްކިތްތަކަށް އެހީވުމުގެ ކަންކަން ހިމެނޭ ކަމަށްވެސް ބުންޏެވެ.

އެ ރަސްމިއްޔާތުގައި ޝަހީމް ވަނީ ސަދަގާތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލާ ވާހަކަ ދައްކަވާފަ އެވެ. އޭގެ އިތުރުން މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް ސަދަގާތް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ ސަދަގާތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެކަމެއް ކަމަށާއި ދީނީ އެކި ކަންކަމަށް ވީހާވެސް ގިނަ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ޝަހީމް އެދިވަޑައިގެންނެވި އެވެ.

އިސްލާމިކް މިނިސްޓްރީ ގައި އެކަމަށްޓަކައި ގާއިމްކޮށްފައިވާ ޕޭޖުން ސަދަގާތްތަކާއި ގުޅޭ ހަބަރުތަކާއި، އެކި ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު ގާއިމްކުރާ މިސްކިތްތަކުގެ މައުލޫމާތާއި ފަންޑުތަކުގެ ރިޕޯޓު ލިބޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް