ޚަބަރު

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން 200 އަށް ގިނަ އޮފިސަރުން ނިކުމެ ބޮޑު އޮަޕަރޭޝަނެއް ހިންގަނީ

އަލީ ސަމާޙް ، ދެން އޮންލައިން
މި އޮޕަރޭޝަންގައި 211 އޮފިސަރުން ބައިވެރިވޭ

މާލޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދަން މޯލްޑިވްސް އިމިގްރޭޝަނުން 200 އަށް ވުރެ ގިނަ އިމިގްރޭޝަން އޮފިސަރުން ނިކުމެ ބޮޑު އޮޮޕަރޭޝަނެއް ހިންގަން މިއަދު ފަށައިފި އެވެ.

Ads by STELCO

އިމިގްރޭޝަނުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ، އެ އޮޕަރޭޝަންގައި 211 އިމިގްރޭޝަން އޮފިސަރުން ބައިވެރިވާނެ ކަމަށާއި އެ އޮފިސަރުން ހަރަކާތްތެރިވާނީ 52 ގްރޫޕަކަށް ބަހާލައިގެން ކަމަށެވެ.

އެގޮތުން މާލެ ސަރަހައްދުގެ 26 ޒޯނެއް ބަލައި ފާސްކުރުމަށް ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެތަނުން ބުނީ އެ ހަރަކާތުގެ މަގްސަދަކީ މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަތުން ކަމަށެވެ. އޮޕަރޭޝަނުން ދެނެގަނެވޭ ފަރާތްތަކަށް އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގާނެ އެވެ.

އަދި ގަވާއިދާ ހިލާފަށް ބިދޭސީން ލައްވައި މަސައްކަތްކުރުވާ ދިވެހިންނަށް ލިޔުމުން ނަސޭހަތްދިނުން ކަމަށެވެ.

އެގޮތުން އެ ހަރަކާތުން ހޯދޭ މަޢުލޫމާތުގެ އެހީގައި މި މައްސަލައާ ގުޅިގެން މިވަގުތު މާލެ ސަރަހައްދުގެ ހާލަތު ދެނެގަނެވިގެންދާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

  1. އަމާން

    ބަލަ ރާއްޖޭގެ ރަށް ތަކަށް ފިލަން ދާތީ އެކަން ހުއްޓުވާނެ ގޮތެއް ނޭނގނު ކަމަށް އެބަ ވާކަ ދެކެވޭ…ހެއްވާދޯ…….