ޚަބަރު ސަރުކާރު

މަޖީދިއްޔާގެ ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލް ވަކި ކުރަން ފެޓިޝަނެއް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހު/ ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލު ކަމަށްވާ މަޖީދިއްޔާގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހު އަދި ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ އަލީ މަގާމުން ވަކި ކުރަން އެ ސްކޫލުގެ ބެލެނިވެރިންތަކެއް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

Ads by Sosun Fihaara

އެ ސްކޫލުގެ ހެނދުނު ދަންފަޅި އާއި މެންދުރުފަހުގެ ދަންފަޅީގެ ގިނަ ބެލެނިވެރިންތަކެއްގެ ސޮޔާއެކު ހުށަހަޅާފައިވާ ޕެޓިޝަނުގެ މައިގަނޑު މައްސަލައަކަށް ފާހަގަކޮށްފައިވާ ކަމަކީ މަޖީދިއްޔާގެ ކިޔެވުމާއި ދަރިވަރުންނާއި ޓީޗަރުންނާ ގުޅޭ ކަންކަން ގޯސްވެ، ބޮއްސުންލަމުންދާކަން ފާހަގަކޮށްފައި ވެއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއަށް ހުށަހެޅި އެ ފެޓިޝަންގައި ޕްރިންސިޕަލް އާއި ޑެޕިއުޓީ ޕްރިންސިޕަލްގެ ސަބަބުން ދަރިވަރުންނާއި މުދައްރިސްނުންނާއި ބެލެނިވެރިންނަށް ދިމާވާ 35 ކަމެއް ފާހަގަކޮށްފައި ވެއެވެ.

ޕެޓިޝަނުގައި ބެލެނިވެރިން ފާހަގަކޮށްފައިވާ ބައެއް މުހިންމު ކަންކަމަކީ ދަރިވަރުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅުމާއި، ކިޔެވުމާއި އިތުރު ހަރަކާތްތައް ހިންގުމަށް އެކަށީގެންވާ ސަމާލުކަމާއި ވަގުތު ނުދިނުމުގެ ސަބަބުން ކަންކަން ބޮއްސުންލައިގެން ދިޔުމެވެ. ވަކި ފިކުރެއްގެ ޓީޗަރުންނަށް ކުރިއެރުމާއި ފުރުސަތުތައް ތަނަވަސްކޮށް ދިނުމާއި ކޮރަޕްޝަނާއި ފަސާދައަށް މަގުފަހިވާ ގޮތައް ހިންގާފައިވާ ޖަރީމާތަކެއްވެސްވާ ކަން އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވެ އެވެ.

"ހިތާމައާއެކު ދަންނަވާލަން ޖެހެނީ މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހާއި ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ މެޑަމް އާ ދެ ބޭޅުންނަކީ ކަންކަމުގައި އެއްގަލަކަށް އަރައި ކަންކަން އެއްބަސްވެ ވަޑައިގެން މަސައްކަތް ކުރައްވާ ދެ ބޭފުޅުންނެއް ނޫން" ޕެޓިޝަނުގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން ޕެޓިޝަނުގައި ބުނީ ސުކޫލަށް 100 ފުރިފައިވާއިރު، އެއީ ކުރިން ރާއްޖޭގެ އެއްވަނަ ސްކޫލުގެ ގޮތުގައި ލީޑް ކުރަމުން، ނަތީޖާ ނެރެމުން އައި ސުކޫލެއް ކަމަށެވެ. ނަމަވެސް ފާއިތުވި 8 އަހަރު ތެރޭގައި ސްކޫލުގެ ހިންގުން ގޯސްވެ، ކިޔެވުމާއި އެހެނިހެން ހަރަކާތްތަކުގައި ދުވަހަކަށްވުރެ ދުވަހެއް ފަހަތަށް ޖެހިފައިވާ ކަމުގައިވެސް ޕެޓިޝަނުގައި ވެއެވެ.

ޕްރިންސިޕަލް އައިޝަތު އެ މަގާމުގައި ހުންނަތާ 8 އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވެއެވެ. އަދި ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ ސްކޫލަށް ހިދުމަތް ކުރާތާ 15 އަހަރަށް ވެފައި ވެއެވެ.

މަޖީދިއްޔާ ސްކޫލަކީ ދިވެހިރާއްޖޭގައި ހުރި އެންމެ ދުވަސްވީ ތައުލީމީ ބިނާއެވެ. މަޖީދީ "ސައްތަވީ ބިނާ" ރަމްޒުކޮށްދެނީ މަޖީދިއްޔާ ސްކޫލްގެ އިލްމީ ހިޔާވައްސެވެ. މަޖީދިއްޔާގައި އިންނަ ސައްތަވީ ބިނާ އުފަންކުރުމުގެ އެންމެހާ މަސައްކަތެއް ކުރި ބަޔަކީ މަޖީދިއްޔާ ސްކޫލުގެ ކުރީގެ ދަރިވަރުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!