ޚަބަރު

ރައީސް އިސްކުރެއްވީ ސަރުކާރަށް ލިބޭ ފައިދާއަށްވުރެ މަސްވެރިންގެ ކަންބޮޑުވުން: ޝިޔާމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް/ ފިޝަރީޒް މިނިސްޓްރީ

ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުޅުވައިލަން ނިންމެވި ނިންމެވުމަށް އަމަލު ނުކުރައްވާގޮތަށް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމުން އެނގިގެން ދިޔައީ, ލޭނު މަސްވެރިކަމުން ސަރުކާރަށް ލިބެން އޮތް ނަފާއަށްވުރެ ބޮޑަށް، ރައީސް އިސްކުރެއްވީ އެ ސިނާޢަތުގައި ޙަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ހުރި ދަތިތަކާއި ކަންބޮޑުވުންތައް ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ލޭނު މަސްވެރިކަމަށް ހުއްދަ ދިނުމަށް ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ޖޫން 13 ގައެވެ. ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލުން އަނބުރާ ގެންގޮސް ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން މިއަދު ރައީސް ނިންމެވިއެވެ.

ރައީސް އޮފީހުން ބުނީ އެ ނިންމުން ބަދަލުކުރަން ރައީސް ނިންމފައިވަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، 'ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން'ގެ ހުށަހެޅި ކަންކަމަށް ބެލުމަށް ފަހު ކަމަށެވެ.

އެ ޚަބަރު ޓްވީޓް ކުރައްވަމުން ޝިޔާމް ވިދާޅުވީ,ސަރުކާރުން މަސްވެރިންގެ އަޑުއަހާ، މަސްވެރިންނަށް ފައިދާހުރި ގޮތަކަށް މި ސިނާޢަތް ބައްޓަންކުރުމަށް އަބަދުވެސް މަސައްކަތް ކުރާނެކަމަށެވެ. އަދި މިސިނާޢަތް އިތުރު ހަރުފަތަކަށް ގެންގޮސް ރައްޔިތުންނަށާ ޚާއްޞަކޮށް މަސްވެރި ޢާއިލާތަކަށް ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަނެވޭނެކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!