Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިންޑިއާގެ "ސްޕައިމާސްޓާ" އާ ބައްދަލުކޮށްފި

ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިންޑިއާގެ "ސްޕައިމާސްޓާ" އާ ބައްދަލުކޮށްފި

ރާއްޖޭގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިބްރާހިމް ލަތީފް އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތް ދޮވާލްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އިންޑިއާގެ "ސްޕައިމާސްޓާ" ނަމުން މަޝްހޫރުވެފައިވާ ދޮވާލް އާއި ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުގެ މަގާމުވެސް އަދާކުރެއްވި ލަތީފްއާ ބައްދަލުކުރެއްވީ ސްރީލަންކާގައި ކުރިއަށް ދިޔަ ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ހަވާސާގަ އެވެ.

އެ ބައްދަލުވުމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.

Advertisement
HDC — Sidebar (box)

އިންޑިއާގެ އިންޓެލިޖެންސް ބިއުރޯ (އައިބީ) ގެ ޑައިރެކްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ ދޮވާލް، ކެރިއަރުގެ ބޮޑު ބައެއް ހޭދަކުރެއްވީ އިންޑިއާގެ ޖާސޫސެއްގެ ގޮތުގަ އެވެ.

އިންޑިއާގެ ޖާސޫސެއްގެ ގޮތުގައި ޕާކިސްތާނުގައި އެއް އަހަރު ހޭދަކުރައްވާފައިވާއިރު ޕާކިސްތާނުގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގައި 6 އަހަރު ދޮވާލް މަސައްކަތް ކުރެއްވި އެވެ.

އިންޑިއާގެ 5 ވަނަ ނޭޝަނަލް ސެކިއުރިޓީ މަގާމަށް ދޮވާލް އައްޔަންކުރެއްވީ 2014 ވަނަ އަހަރު އެވެ. މިއީ އޭނާ އެ މަގާމު ފުރުއްވަމުން ގެންދަވާ ތިން ވަނަ ދައުރެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް