Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ތަކުރާރުކޮށް، ކުދި ކުށްތަކަށް އަރައިގަންނަ މީހުން، އިސްލާހެއް ނުވާނެ: ގާޒީ މިސްބާހު

ތަކުރާރުކޮށް، ކުދި ކުށްތަކަށް އަރައިގަންނަ މީހުން، އިސްލާހެއް ނުވާނެ: ގާޒީ މިސްބާހު
ވަށާޖެހޭ މަސައްކަތެއް ނުކުރާހާ ހިނދަކު ކުދި ކުށްތަކަށް އަރައިގަތުމުގެ މަގު ފަހިވެފައި އޮންނަ ކަމަށާއި، އާންމު ޖިނާއީ ނިޒާމުގެ ތެރެއިން އެފަދަ މީހުން އިސްލާހުވެދާނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު އިއްޔެ ވިދާޅުވެއްޖެ އެވެ. ގާޒީ މިސްބާހު އެހެން ވިދާޅުވީ ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކުގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބޭއްވި ބަންދުގެ އަޑުއެހުމުގަ އެވެ. މާލެއަށް ނިސްބަތްވާ އެ މީހާ އަކީ ބަންދުގެ 108 ރިކޯޑް އޮތް މީހެކެވެ. އޭނާ އަކީ ތަކުރާރުކޮށް މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަމާއި އެބާވާތުގެ ކުދި ކުދި ކުށްތަކަށް އަރައިގަންނަން މީހެއްކަން ހައްޔަރުގެ ބަންދު ރިކޯޑުން އެނގޭ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ. މިސްބާހު ވިދާޅުވީ ކުދި ކުށްތައް ކުރާ މީހުންނަކީ މުުޖުތަމައުން އެކަހެރިކޮށް އިސްލާހުކުރުމުގެ ނިޒާމެއްގެ ތެރެއަށް ވައްދަން ޖެހޭ ބައެއް ކަމަށެވެ. އެ މީހުން އިސްލާހުވެ މުުޖުތަމައަށް ފައިދާހުރި މަސައްކަތެއް ދަސްކުރުމަށްފަހު، އަމިއްލަ ދިރިއުޅުމެއް އުޅުމަށް ތައްޔާރުވުމުން ނޫނީ އަލުން މުޖުތަމައަށް ދޫނުކުރެވޭ މީހުން ކަމަށް ދެކިވަޑައިގަންނަވާ ކަމަށް މިސްބާހު ވިދާޅުވި އެވެ.
އެފަދަ ނިޒާމެއްގެ ތެރެއިން މިފަދަ މީހުން އިސްލާހު ކުރުމުގެ ވަށާޖެހޭ މަސައްކަތެއް ނުކުރާހާ ހިނދަކު ކުދި ކުށްތަކަށް މިފަދަ މީހުން އަރައިގަތުމުގެ މަގުފަހިވެފައި އޮތްކަން ފާހަގަކުރަން. އާންމު ނިޒާމުގެ ތެރެއިން މިފަދަ މީހުން އިސްލާހުވެދާނެ ކަމަށް ނުދެކެން. - ގާޒީ މުހައްމަދު މިސްބާހު
ވިދާޅުވީ އާންމު ޖިނާއި ނިޒާމުގެ ތެރެއިން މިހާރު އަމަލުކުރާގޮތަށް ދައުވާކޮށްފައި އަދަބު ކަނޑައެޅުން އަހަރަކު 3، 4 ކުށް ތަކުރާރުވުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އަދި އަދަބު ކަނޑައެޅިކަމުގައިވީ ނަމަވެސް އެއީ އެފަދަ މީހުން އިސްލާހުވުމަށް ބާރުއެޅޭފަދަ އަދަބެއް ކަމުގައި ނުވާ ކަމަށް މިސްބާހު ވިދާޅުވި އެވެ. މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް މިސްބާހު ވަނީ 15 ދުވަސް ޖަހާފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް