ޚަބަރު

8 އިންޗި ދިގު ވަޅިއަކާ އެކު ހައްޔަރުކުރުމުން ބުނީ އެއީ ހަށިރައްކަލަކަށް ގެންގުޅުނު އެއްޗެއް ކަމަށް

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ކްރިމިނަލް ކޯޓު/ ފޮޓޯ:ދެން

ތޫނު ހަތިޔާރު ގެންގުޅޭ ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު، 8 އިންޗުގެ ވަޅިއެއް ގެންގުޅުނީ ހަށިރައްކަލަށް ކަމަށް ބުނެފި އެވެ.

Ads by Hajj Corporation

އެކަމެއް އިއްޔެ ހިނގިއިރު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އެއީ ބ. ދަރަވަންދޫ އަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ފިރިހެނެކެވެ.

ކްރިމިނަލް ކޯޓުން އިއްޔެ އާއްމުކޮށްފައިވާ ކޯޓު އަމުރުގައިވާ ގޮތުން ތޫނު ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތު ގައި ހައްޔަރުކުރި މީހާ އަކީ ކުށުގެ ރެކޯޑްވެސް އޮތް މީހެކެވެ.

ކޯޓު އަމުރުގައިވާ ގޮތުން އެ މީހާގެ އަތުން ފެނުނު ވަޅިއަކީ ތިލައިގައި 8 އިންޗި ހުރި ވަޅިއެކެވެ.

އެ ވަޅި ފެނިފައިވަނީ އޭނާ ލައިގެން ހުރި ޖިންސު ސޯޓާއި ބަނޑު ދޭތެރެއިން ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.

މީނާ އާއި ސުވާލު ކުރުމުން އެ ވަޅިއަކީ ހަށިރައްކަލަށް ގެންގުޅުނު އެއްޗެއް ކަމަށް ބުނާ ކަމަށް އައިއޯ (އިންވެސްޓިގޭޝަން އޮފިސަރު) ފާހަގަކޮށްފައިވޭ

އެ ވަޅިއަކީ ހަށިރައްކަލަށް ގެންގުޅޭ އެއްޗަށް ބުނި ނަމަވެސް އެ ވަޅި ގެންގުޅުނީ އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް ކަމަށް ވެސް އެ މީހާ ބުނެފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.

އޭނާއަކީ ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ކުށްތައްވެސް އޮތް މީހަކަށް ވާތީވެ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބަލައި ކޯޓުން ވަނީ އެ މީހާގެ ބަންދަށް 10 ދުވަސް ޖަހާފަ އެވެ.

Ads by HDC
  1. ހުދުހުދު

    ނަފުސާނީ މީހެއް…..ދޫކޮށްލާ!!