Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރާއްޖެއަށް ޕޭޕަލް ތައާރަފްކުރަން ޕްރޮޕޯޒަލް ފޮނުވައިފި

ރާއްޖެއަށް ޕޭޕަލް ތައާރަފްކުރަން ޕްރޮޕޯޒަލް ފޮނުވައިފި

ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ހޯދުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން, ސަރުކާރުން ޕޭޕަލްގެ ޕްރޮޕޯޒަލް އެ ކުންފުންޏަށް ހުށަހަޅައިފި އެެވެ.

އެކަން ހާމަކުރެއްވީ ރޭ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

އެ ޕްރޮގްރާމްގައި މިނިސްޓަރު ސައީދު ވިދާޅުވީ ސަރުކާރުގެ ޕްރޮޕޯޒަލް ހުށަހެޅީ މީގެ 3 ދުވަހައެއް ކުރިން ކަމަށާއި ޕޭޕަލްއާއެކު ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

ޕޭޕަލްގެ ގްލޯބަލް މާކެޓިންގެ ރައީސް ސުޒާން ކެރީރާއާ އެކު ދާދި ފަހުން މިނިސްޓަރު ސައީދު ވަނީ މަޝްވަރާތަކެއް ކޮށްފަ އެވެ. އެމެރިކާއަށް ސައީދު ކުރި ރަސްމީ ދަތުރުގައިވެސް އެފަދަ މަޝްވަރާތަކެއް ކޮށްފައިވެ އެވެ.

ރާއްޖޭން މިހާރު ޕޭޕަލް މެދުވެރިކޮށް ކުރެވޭ ކަމަކީ ފައިސާ ފޮނުވުމެވެ. އެހެންވެ އިންޓަނެޓް މެދުވެރިކޮށް ހިންގާ ވިޔަފާރީގެ އެކި މުއާމަލާތްތަކާއި އާމްދަނީ ލިބޭ މަސައްކަތްތަކަށް ފައިސާ ލިބެން އެކަން ވެފައި ވަނީ ހުރަހަކަށެވެ.

ގަވާއިދުން ހިދުމަތްތައް އަޕްޑޭޓް ކުރަމުންދާ ޕޭޕަލް އަކީ ގިނަ ބަޔަކު ބޭނުންކުރާ އަދި އިތުބާރު ކުރެވޭ އޮންލައިން ޕޭމަންޓް ޕްލެޓްފޯމެއްގެ ގޮތުގައި ދެމިއޮތް ކުންފުންޏެކެވެ.

ޕޭޕަލް އާއި އެހެން އޮންލައިން ޕޭމަންޓް ސިސްޓަމްތައް ރާއްޖޭގައި ބޭނުންކުރެވޭނެ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް