ހުޅުމާލެ އެކްސިޑެންޓު: ކާރު ދުއްވި އިކްރާމް މިނިވަންވެއްޖެ
ހުޅުމާލޭގައި ބާރަށް ދުއްވި ކާރެއް، ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ މައްސަލައިގައި ކާރު ދުއްވަން އިން އިބްރާހިމް އިކްރާމް މިނިވަން ވެއްޖެ އެވެ.
މި އަހަރުގެ ޖުލައި މަހުގެ 31 ގައި ހިނގި މި އެކްސިޑެންޓަށްފަހު ކާރު ތެރޭގައި ތިބި ތިން މީހުން ނުކުމެގެން ދިޔަ އެވެ. އެމީހުން ހައްޔަރު ކުރީ ޖެހިގެން އައި ދުވަހު އެވެ. އަދި އެއަށްފަހު ޝަރީއަތް ނިމެންދެން އެމީހުން ބަންދު ކުރި އެވެ.
އޭގެ ތެރެއިން ކާރު ދުއްވަން އިންކަމަށް ތުހުމަތު ކުރެވޭ އިކުރާމް ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. އިސްތިއުނާފަށް ހުށަހެޅީ ވަކީލަކު ނެތި ބަންދުގެ މުއްދަތު ޖެހިކަމަށް ބުނެ އެވެ.
ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ބަންދުގެ މުއްދަތު ޖެހީ ގޯސްކޮށް ކަމަށެވެ. އެގޮތުން އިކްރާމްއަށް ގާނޫނުއަސާސީން ލިބިދޭ ވަކީލަކު އައްޔަންކުރުމުގެ ހައްގަށް އެދިފައިވަނިކޮށް އެކަން ހަމަޖައްސައި ނުދީ ކްރިމިނަލް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު ޖަހާފައި ވާތީ އެކަން ހައި ކޯޓުން ފާހަގަކުރި އެވެ.
މީގެ އިތުރުން ހައި ކޯޓުގައި ފުލުހުން ދޮގު މައުލޫމާތު ދިން މައްސަލަ ތަހުގީގު ކުރަންޖެހޭ ކަމަށްވެސް ފަނޑިޔާރު މުހައްމަދު ފައިސަލް ވަނީ ވިދާޅުވެފަ އެވެ. ފުލުހުން ހައި ކޯޓުގައި ބުނެފައިވަނީ ވަކީލަކު އައްޔަނު ކުރުމާއި ގުޅޭގޮތުން ދަށު ކޯޓުގެ ފަނޑިޔާރުން ސުވާލު ކުރިކަމަށެވެ. ހައި ކޯޓުން ބެލި ބެލުމުން މިފަދަ އެއްވެސް ވާހަކައެއް ދަށު ކޯޓުގައި ދެކެވިފައި ނުވާކަމަށް ޝަރީއަތުގައި މިއަދު ފަނޑިޔާރު ވިދާޅުވި އެވެ.
ހައި ކޯޓުގައި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ފައިސަލްގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ. ދަށު ކޯޓުގެ ބަންދުގެ އަމުރު ބާތިލްކުރީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ދެން އެވީ ނުވާ ކަމއެއްގެ ގޮތުގަ ކޮބާ އިންސާފު
ހައި ކޯޓްގަ މައްސަލަބަލަންތިބި 3 ….. ނަށް ނޭންގުނު ދޯ ތި ކާރުންޖެހި އިންސާނަކު ގަސްކަރަ މަތީ އެތައްއިރެއްގަ އޮތުމަށްފަހު ބިމައްޖެހިފަ ފުރާނައަށް ނުރައްކާ ހާލަތުގައި ހޮސްޕިޓލްގެ އައިސީޔޫގައި އެތައްދުވަހަކުއޮތް ކަމެއް! ހަމައެކަނި އެނގުނީ ވަކީލްކު ނެތި މުއްދަތު ޖެހިކަންއެކަނިދޯ؟ ބަލާއެއްނުން ތިވަރު ގަމާރުން ތިތަންތާންގައި ބަހައްޓާގެން ދުވަހަކު ތަނެއް އިސްލާހުވާމެބާއޭ އަހަރެން ހިތައްއަރާ. މިހެންބުނީމަ ބުނެފާނެ ފަނޑިޔާރު ބަލަންވާނީ ހުށަހެޅިފައިވާ މައްސްލާގެ ހުރި ހެއްކާއި ގަރީނާގެ މައްޗަށްކަމަށް ބަލަ އެޔަށްވުރެ ސާބިތުކަން ބޮޑުކޮށް ހުރިކަންކަމުގައި ނުޖެހޭކޮންމެހެން އެކަމަށްބަލާކަށް މިސާލަކަށް ޝަރީއަތަކަށް ތުހުމަތުކުރެވޭ ޚަސްމަކުގެންގޮސް އޭނާއާއި ސުވާލުކުރުމުން އޭނާގެ ޞައްޙް ނިޔަތުގައި ހެޔޮ ބުއްދީގައި އޭނާގެ ދުލުން އެކަމަށް އިޢްތިރާފު ވީމަ ދެން ފަނޑިޔާރު އޭނާގެ ވަކީލާއި، އޭނާގެ އަމަޔާއި އައްޕަ ހޯދަން ދުވަންޖެހޭ ކޮންސަބަބެއްބާ އޮންނަންވީ އިސްލާމީ ޝަރީޢަތެއް ކުރާނަމަ.