ޑްރަގް ކޯޓުގެ ކުޑަދޮރެއް ހަލާކުކޮށްފައި ވަދެ ވައްކަންކުރި މީހާގެ ބަންދަށް 15 ދުވަސް

ޑްރަގު ކޯޓުގެ ޝަރީއަތުގެ މަޖިލީހުގެ ކުޑަދޮރެއް ހަލާކުކޮށްފައި، އެ ތަަނަށް ވަދެ ވައްކަން ކުރި މީހާގެ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނާ ގޮތުން އޭނާ ވަނީ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފުވެފަ އެވެ.
އަދި އެ މީހަކީ ސަރުކާރުގެ އިމާރާތްތަކުން ވައްކަން ކުރުމުގެ ރެކޯޑެއް އޮތް މީހެކެވެ.
ޑްރަގު ކޯޓުން ބުނީ ވައްކަންކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ކޯޓު ތެރެއަށް ވަދެފައިވަނީ ކޯޓާ އިންވެގެން ހުންނަ ގެތަކާއި ކޯޓާ ދެމެދު އޮންނަ ގޯޅިއަށް ހުރި ކޯޓުގެ ޝަރީއަތް ކުރާ މާލަމެއްގެ ކުޑަދޮރު ހަލާކޮށްލައިގެން ކަމަށެވެ.
އެ މާލަމުން ކޯޓުގެ އެކި ހިސާބުތަކަށް ވަދެ, ތަޅުލާފައިވާ ބައެއް ކަބަޑުތައް ފަޅާލައި ކޯޓުގެ ރެކްރިއޭޝަން ކްލަބުގެ ބައެއް ފައިސާ ވަގަށް ނަގާފައިވާ ކަމަށް އެ ކޯޓުން ބުނެފައިވެ އެވެ.