ޚަބަރު

ދަންޖެހިފައި ހުއްޓާ ފެނުނުތާ 23 މިނެޓު ތެރޭގައި އަތުހަރު އައިޖީއެމްއެޗަށް ގެންދިޔަ

ޢާއިޝަތު ނުހާ ، ދެން އޮންލައިން
އާދަމް އަތުހަރު/ ފޮޓޯ: ހަތާވީސް

އަންހެނަކު ރަހީނުކުރި މައްސަލާގައި ބަންދުގައި ބަހައްޓާފައި ހުރި ށ. މިލަންދޫ، އާދަމް އަތުހަރު، 32އ، ދޫނިދޫ ޖަލުގެ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުނުތާ 23 މިނެޓް ތެރޭގައި އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަކަން ފުލުހުން މިއަދު އާންމުކުރި ޓައިމްލައިން އިން ހާމަވެއްޖެ އެވެ.

Ads by STELCO

އެ ޓައިމްލައިނުން އެނގޭ ގޮތުގައި ކެމެރާ މޮނީޓާ ކުރަމުން ދަނިކޮށް އަތުހަރު ދަންޖެހިފައިވާ މަންޒަރު ފެނުނީ ރޭ 7:02 ގަ އެވެ. އަދި އެވަގުތު ޖަލު ގޮޅި ހުޅުވައި, އަތުހަރު ތިރީގައި ބޭއްވި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އަތުހަރު ސްޓްރެޗާއަށްލައިގެން ގޮޅިން ނެރުނީ އެ ރޭ 7:05 ގައި ކަމަށާއި 7:06 ގައި ދޫނިދޫ ކުލިނިކަށް ގެންދިއުމުން ޑޮކްޓަރު އޭނާގެ ހާލު ބެލި ކަމަށެވެ. އެއަށްފަހު 7:14 ގައި ލޯންޗުގައި އަތުހަރު މާލެ ގެނައިކަން ވެސް އެ ޓައިމްލައިންއިން އެނގެ އެވެ.

އަތުހަރު އައިޖީއެމްއެޗަށް ގެންދިއުމަށް 7:17 ގައި އެމްބިއުލާންސަށް އަރުވައިގެން 7:25 ގައި އައިޖީމްއެޗަށް ގެންދިޔަ އެވެ.

އަތުހަރަށް މިހާރު ފަރުވާ ދެމުންގެންދަނީ އައިސީޔޫގެ ވެންޓިލޭޓަރުގަ އެވެ.

އެންމެ ފުރަތަމަ ސީނުން ހައްޔަރުކުރުމުގެ ތެރޭގައި އަތުހަރު ނުކިޔަމަންތެރިކަން ދައްކައި ފުލުހުންނަށް ވެސް އަނިޔާ ދިނުމަށް މަސައްކަތް ކުރުމުން އޭނާއަށް ވެސް އަނިޔާ ލިބި އޭޑީކޭއަށް ގެންދިޔަ އެވެ. އެއީ ބުރާސްފަތި ދުވަހުގެ ރެ އެވެ.

އެއަށް ފަހުގައި ހުކުރު ދުވަހު އޭނާ ހޮޑުލާތީ އައިޖީއެމްއެޗަށް ގެންގޮސް އޮބްޒަވޭޝަނުގައި ބޭއްވުމަށް ފަހު ދޫކޮށްލި އެވެ.

އަތުހަރަކީ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް، ރައީސުލްޖުމްހޫރިއްޔާ ލިބިދޭ ބާރުގެ ދަށުން 2022 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާފުދީ ޖަލުން މިނިވަން ކުރި މީހެކެވެ.

އެ ދެ މީހުންނަކީ އެއްކޮށް ދިރިއުޅޭ ދެ ލޯބިވެރިން ކަމަށް މައުލޫމާތު ލިބެ އެވެ.

އަންހެން މީހާ ކަރުގައި އަތުހަރު ވަޅި ޖައްސައިގެން އުޅުނީ އެއްވެސް މަސައްކަތެއް ނުކޮށް, ހުރިހާ ހަރަދެއް އަންހެން މީހާ ކުރަން ޖެހޭތީ ކަމަށް ބުނެ ދެ މީހުންގެ ދެމެދު ފެށުނު ޒުވާބެއްގެ ތެރެއިން ކަމަށްވެ އެވެ.

Ads by HDC
  1. ތިމަންނަ

    ތިޔަފަދަ މީހުނަކީ ދާކޮޅަކަށް ދާން ދޫކޮށްލަން ޖެހޭ ބައެއް ….