ޚަބަރު ސަރުކާރު

ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު ހުސައިން ސަލާހުއްދީންގެ ހަނދާނަށް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު ފަޟީލަތުއްޝައިޚް އަލްމަރްހޫމް ހުސައިން ސަލާހުއްދީންގެ ހަނދާނަށް އަރުވައިފި އެވެ.

Ads by STELCO

މިއަދު ދަރުބާރުގެ ގޭގައި ބޭއްވި މިއަހަރުގެ ގައުމީ ދުވަހުގެ ޖަލްސާގައި އެ ޝަރަފު އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. އަދި އެ ޝަރަފުގެ ގޮތުގައި ދެއްވީ ޝަރަފުގެ އައްޑަނަ އެކެވެ.

ރައީސް އެ ޝަރަފު އަރުވަން ކަނޑައެޅުއްވީ، ދިވެހި ގައުމިއްޔަތުގެ އެންމެ އިސް ބަހާތައް ކަމަށްވާ، ދިވެހީންގެ ދީނާއި، ދިވެހީންގެ ދިވެހިބަހާއި، ތަރިކައާއި، ސަގާފަތާއި، މި ދެންނެވި ރޮނގުތަކުން ދިވެހީންގެ ވިސްނުމާއި ފިކުރީ ތަރައްގީއަށް މަގުފަހިކޮށްދެއްވައި، އިލްމުގެ ނޫރު ފެތުރުއްވުމަށް ސަލާހުއްދީން ކުރައްވައިފައިވާ ގައުމީ ހިދުމަތަށްޓަކަ އެވެ.

އެ ޝަރަފުގެ އައްޑަނައާ ހަވާލުވެވަޑައިގަތީ ސަލާހުއްދީނަށް ކާފަ ވިދާޅުވާ އެންމެ ދޮށީ ދަރިފުޅު ހުސައިން ޝިހާބެވެ.

‎ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފަކީ، ދިވެހި ގައުމިއްޔަތަށް ފާހަގަކޮށްލެވޭފަދަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ރައީސް ދެއްވާ އެންމެ މަތިވެރި ޝަރަފެވެ.

ހުސައިން ސަލާހުއްދީނަކީ ރާއްޖެ ދުށް އެންމެ އުފެއްދުންތެރި އަދީބެވެ.

އެމަނިކުފާނަކީ ދިވެހި ގައުމުގެ ނަމޫނާއެއްގެ އިތުރުން ދިވެހި ގައުމިއްޔަތު ނެގެހެއްޓުމުގެ އެންމެ ހަރުދަނާ އެއް ތަނބެވެ. އެގޮތުން އެމަނިކުފާނު ލިޔުއްވި ސިޔަރަތަކީ ވެސް އިލްމުވެރިކަމާއި އަރަބި ބަހާއި ދިވެހި ބަހަށް ވެސް ހުރި ކުޅަދާނަފުޅުކަން ސާބިތުވާ ކަމުގެ ހެއްކެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!