Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކާރަކާއި ސައިކަލެއް އެކްސިޑެންޓުވެ އަނިޔާވި ޒުވަނަކަށް އައިސީޔޫގައި ފަރުވާދެނީ

ކާރަކާއި ސައިކަލެއް އެކްސިޑެންޓުވެ އަނިޔާވި ޒުވަނަކަށް އައިސީޔޫގައި ފަރުވާދެނީ

ބޮޑުތަކުރުފާނު މަގާ ކޮއިމަލާ ހިނގުން ގުޅޭ ކަންމަތިން ރޭ ދަންވަރު ސައިކަލަކާ ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދިވެހި ޒުވާން ފިރިހެނަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

"ދެން އޮންލައިން" އަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ދަންވަރު 12:53 ގައި ހިނގި އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން 21 އަހަރުގެ މީހަކަށް ކަމަށެވެ.

އައިޖީއެމް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލު "ދެން އޮންލައިން" ވިދާޅުވީ އަނިޔާވި ޒުވާނާ އަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށެވެ.

Advertisement
Allied Insurance — Square (box)

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އިން ފެންނަ ގޮތުން އެ އެކްސިޑެންޓުގައި އެ ޒުވާނާގެ ބޯ ފަޅައިގެން ގޮސް ވަރަށް ބޮޑަށް ލޭފައިބަ އެވެ. އެކްސިޑެންޓުގައި ސައިކަލުގެ އިތުރުން ކާރަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

އެކްސިޑެންޓުގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް