Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އިލެކްޓްރޯނިކްތައް ފޭރިގަތީ ގެއަކަށް ވަދެ ދެ މީހެއްގެ ކަރުގައި ވަޅި ޖައްސައިގެން

އިލެކްޓްރޯނިކްތައް ފޭރިގަތީ ގެއަކަށް ވަދެ ދެ މީހެއްގެ ކަރުގައި ވަޅި ޖައްސައިގެން
މާލޭ މާފަންނު ގެއަކުން އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން އެތަކެތި ފޭރިގަނެފައިވަނީ ނިދާފައި ތިބި ދެ މީހެއްގެ ކަރުގައި ވަޅިޖައްސައިގެން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. އިލެކްޓްރޯނިކް ސާމާނުތަކެއް ނެގިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މ. ދާރުލްގަރާރު، އިސްމާއިލް ވިޝާލް (30އ) އާއި ބ. ދަރަވަންދޫ، ވިދުވަރު، ހުސެއިން ޝާއިފް (32އ) އެވެ. އެ މައްސަލައިގެ އަޕްޑޭޓެއް ހިއްސާކުރަމުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ފޭރެންވެގެން އެ ގެއަށް އެ ދެ މީހުން ވަނީ ފާހާނާ ފެންލައިޓުން ކަމަށެވެ. އެއަށް ފަހު އެގޭގެ ކޮޓަރިއަކަށް ވަތް ކަމަށެވެ.
"... ނިދާފައި ތިބި ދެ މީހެއްގެ ކަރުގައި ވަޅި ޖައްސައި، އެއްވެސް ހަރާކަތެއް ކޮށްފިނަމަ މަރާާލާނެ ކަމަށް ބުނެ ބިރުދައްކައި އެ ދެ މީހުންގެ (ކޮޓަރީގައި ތިބި) މޯބައިލް ފޯނާއި ލެޕްޓޮޕްއަކާއި އަދި އެހެނިހެން ތަކެތި ފޭރުނު" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ފޭރުމަށް ފަހު އެ ދެމީހުން ފިލައިގެން ގޮސްފައިވަނީ ފާހާނާ އަށް ވަދެ އެތެރެއިން ދޮރު ތަޅުލައިގެން ފެންލައިޓުން ނިކުމެގެން ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އެ ދެމީހުން ގެންދިޔައީ ރޭގެ ވަގުތެއްގަ އެވެ. އެގެއިން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭތަކެތި ހައްޔަރުކުރި ދެ މީހުންގެ އަތުން ފެނުނު ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް