ޚަބަރު އިޖުތިމާޢީ

ބޮޑު މަރާމާތަކަށްފަހު އާސަހަރާ މިސްކިތުގެ ތިރީބައި މިއަދު ހުޅުވަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އާސަހަރާ މިސްކިތުގެ ތިރީބައި އަލުން ހުޅުވުމުގެ މަސައްކަތް ކުރަނީ / ފޮޓޯ:މާލޭ ސިޓީ ކައުންސިލް

ބޮޑު މަރާމާތަކަށްފަހު އާސަހަރާ މިސްކިތުގެ ތިރީބައި މިއަދުގެ ހުކުރު ނަމާދަށް އަލުން ހުޅުވާލާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

Ads by Sosun Fihaara

މަރާމާތަށް އާސަހަރާ މިސްކިތް ބަންދުކޮށްފައި ހުންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ހޭދަވެފަ އެވެ. މިސްކިތަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީ މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލުން ބޭއްވި ރަސްމީ އާންމު ޖަލްސާއެއްގަ އެވެ. މިދިޔަ އަހަރުގެ މެއި މަހު ފެށި މަސައްކަތް މީގެ ކުރިން ދެ ކޮންޓްރެކްޓަރަކާ ހަވާލުކުރި އެވެ. އެހެންނަމަވެސް މަސައްކަތް ދިގުލައި ނިންމޭގޮތް ނުވުމުން މިހާރު ކުރަމުން އަންނަނީ ތިން ވަނަ ފަރާތަކުންނެވެ.

މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް ރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދުގެ ހުކުރު ނަމާދަށް އާސަހަރާ މިސްކިތް އަލުން ހުޅުވާލަނީ ވަރަށް ބޮޑު މަރާމާތަކަށް ފަހުގައި ކަމަށެވެ.

ހިނގަމުންމިދާ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން މިސްކިތުގެ މަތީ ބަޔާ އެކު މަސައްކަތް އެެއްކޮށް ނިންމާ ކުރިއެކޭ އެއްގޮތަށް މާލޭގައި ނިޔާވާ މީހުންގެ ޖަނާޒާގެ ކަންތައް އާސަހަރާގައި ބޭއްވުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަަމަށެވެ.

"މާލޭގައި ނިޔާވާ މީހުންގެ ޖަނާޒާތައް ބޭއްވުމަށް ހުޅުމާލެއަށް މިހާރު ދާން ޖެހުމުގެ ސަބަބުން، ރައްޔިތުންނަށް ދިމާވެފައިވާ އުދަނގޫތަކަށް، މިކަމުގެ ސަބަބުން ނިމުމެއް އަންނާނެ ކަމަށް އުންމީދު ކުރަން،" އާޒިމް ވިދާޅުވި އެވެ.

މިސްކިތުގެ މަސައްކަތް ނިމޭއިރު 3،200 އަކަފޫޓު މިސްކިތަށް އިތުރު ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. އަދި އަންހެނުންނަށް ހާއްސަ ނަމާދު ކުރާ ބަޔަކާއި ފާހާނައެއްގެ އިތުރުން ޖަނާޒާތަކަށް އަންނަ ފަރާތްތަކަށް މަޑުކޮށްލެވޭނެ ހާއްސަ ސަރަހައްދެއް ތަރައްގީ ކުރެވޭނެ ކަަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!