Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އިނާ މޯލްޑިވްސް އޮފީސް ފަޅާލި މީހާގެ ބަންދަށް އިތުރު 30 ދުވަސް

އިނާ މޯލްޑިވްސް އޮފީސް ފަޅާލި މީހާގެ ބަންދަށް އިތުރު 30 ދުވަސް

އިނާ މޯލްޑިވްސް ގެ ދެ އޮފީސް ފަޅާލައި، އެތަނުގެ މުދަލަށް ގެއްލުންދީ ވައްކަން ކުރި މައްސަލާގައި ހޮނިހިރު ދުވަހުގެ ރޭ ހައްޔަރުކުރި މީހާގެ ބަންދަށް އިތުރު 30 ދުވަހުގެ މުއްދަތެއް ޖަހައިފި އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ރ.މީދޫ / ބުލްބުލާގެ އަޒްމީލް މުހައްމަދު (40އ) އެވެ.

އޭނާގެ ބަންދަށް ފުރަތަމަ ދިން ފަސް ދުވަހަށް ހަމަވުމުން ބަންދުގެ މުއްދަތު ވަނީ އިއްޔެ އިތުރުކޮށްފަ އެވެ.

Advertisement
Ooredoo — Square (box)

އިނަ މޯލްޑިވްސްގެ ވެެރިޔަ މުހައްމަދު ފިރާގު "ދެން އޮންލައިން" އަށް ވިދާޅުވެފައިވާ ގޮތުގައި ވަގަށް ގެންގޮސްފައިވަނީ ޕެޓީ ކޭޝްގެ ގޮތުގައި އޮފީހުގައި ހުރި ފައިސާ ކަމަށެވެ.

ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ފިރާގު ވިދާޅުވީ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރަން ޒުވާނުން ރަނގަޅު މަސައްކަތް ކުރަން ޖެހޭ ކަމަށާއި, ވައްކަން ކުރުމަކީ އެކަމަށް އޮތް އެންމެ ރަނގަޅު މަގު ނޫން ކަމަށެވެ.

މިދިޔަ މަހުގެ ތެރޭގައި ވެސް އޮފީހެއް ފަޅާލައި ވައްކަން ކުރި ދެމީހަކު ހައްޔަރު ކޮށްފައިވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް