ޚަބަރު ސަރުކާރު

ބެންގަލޫރުގައި އުޅޭ ދިވެހިންނަށް ދިމާވާ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރާނަން: ޝަހީބު

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައިވާ ހުންނަ ސަފީރު އިބްރާހީމް ޝަހީބު ދެއްވައިފި އެވެ.

Ads by STELCO

ސަފީރު ޝަހީބު މިހެން ވިދާޅުވެފައިވަނީ ކޮންސިއުލަރު ކަންކަމުގައި ދިވެހިން އާންމުކޮށް ހިދުމަތް ހޯދުމަށް ދާންޖެހޭ ބެންގަލޫރުގެ ސަރުކާރުގެ އިދާރާތަކާއި އަދި އެހެނިހެން ކަންކަމުގައި މުއާމަލާތް ކުރަން ޖެހޭ، މުއައްސަސާތަކުގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވުމަށްޓަކައި ސަފީރު ބެންގަލޫރަށް ކުރެއްވި ދަތުރުފުޅުގައި އެތަނުގައި އުޅޭ ދިވެހިންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި އެ ތަނުގައި ދިރިއުޅޭ ދިވެހިންނާއި އެ ސިޓީއަށް އެކި ކަންކަމުގައި ޒިޔާރަތްކުރާ ދިވެހިންނަށް ކުރިމަތިވާ ބައެއް ދަތިތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ.. އަދި އެ ކަންކަން ހައްލުކުރުމަށް އެމީހުންގެ ލަފާ އާ ގުޅޭގޮތުންވެސް ޝަހީބު ވަނީ މަޝްވަރާ ކުރައްވާފައެވެ.

މީގެއިތުރުން ކުރިއަށް އޮތް ތަނުގައި ބެންގަލޫރާއި މައިސޫރުގައި ދިރިއުޅުއްވާ ދިވެހިންނާ ދިއްލީގައި ހުންނަ ހައިކޮމިޝަން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ

ޝަފީރުގެ ވާހަކަފުޅުގައި, އިންޑިއާގައި ދިރިއުޅުއްވާ މީހުންނާއި އެކި ކަންކަމުގައި އިންޑިއާއަށް ޒިޔާރަތް ކުރައްވާ ދިވެހިން ހައިކޮމިޝަންގައި ރަޖިސްޓްރީ ވުމުގެ މުހިންމުކަން ސަފީރު ފާހަގަ ކުރެއްވިއެވެ.

"ހައިކޮމިޝަންގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ވޭވޭނެ, އަޅުގަނޑުމެން ދޭން ޖެހޭ ޚިދުމަތްތައް ދޭން އޭރުން ފަސޭހަ ވެގެންދާނެ" ޝަހީބު ވިދާޅުވި އެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ބެންގަލޫރުގައި ހުންނަ ކޮންރެޑް ހޮޓެލްގައި މިިދިޔަ ބުދަ ދުވަހުގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!