މާލެ ސަރަހައްދުގަ 36،000 ފްލެޓު އަޅަން ޝައުގު ހުރި ޕާކިސްތާން އިންވެސްޓަރުން ބަލަނީ
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން މާލެ ސަރަހައްދުގައި އަޅާ ފްލެޓުތަކަށް ޕާކިސްތާނު އިންވެސްޓަރުން އިންވެސްޓުކުރަން ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައިވާ ސަފީރު ތޯހާ މުހައްމަދު އެދިވަޑައިގެންފި އެވެ.
ތޯހާ އެގޮތަށް އެދިވަޑައިގެންނެވީ އިސްލާމްއާބާދު ޗެމްބާ އޮފް ކޮމާސް އިންޑަސްޓްރީ (އައިސީސީ) ރައީސް އަހުސަން ޒަފަރު ބަހްތާވަރީއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.
އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކާއި ގުޅޭ ގޮތުން ޕާކިސްތާނުގެ ނޫސްތަކުން ތޯހާއާ ހަވާލާދީ ބުނީ، މާލެ ސަރަހައްދުގައި 36،000 ފްލެޓު އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ތޯހާ ވިދާޅުވީ ރާއްޖެ އަކީ އިންވެސްޓަރުންނާ ރައްޓެހި އަދި ވިސާގެ ލުއިތަކާއި ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްގެ ފުރުސަތުތައް ފަހިކޮށްދޭނެ ގައުމެއް ކަމަށެވެ.
މި ވެރިކަމުގެ ފަސް އަހަރު ނިމޭއިރު މާލެ ސަރަހައްދުގައި ގެދޮރުގެ މައްސަލަ ހައްލުނުވާ އެއްވެސް މީހަކު ނުހުންނާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކި ފަހަރު މަތިން ދެއްވާފަ އެވެ.
ރަސްމާލެއާއި ގުޅީފަޅަށް އިތުރުކުރެވޭ ބޮޑު ބިމާއި، ގިރާވަރު ފަޅުން އިތުރަށް ހިއްކައި އިތުރުކުރެވޭ ބޮޑު ބިމާއި ހުޅުމާލެއާއެކު ދިވެހީންގެ ގެދޮރުވެރިކަމުގެ ޒަމާންވީ މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނެކަމުގައި ރައީސް ވިދާޅުވެފައިވެ އެވެ. އެކަމަކު އެތަނުގައި އަޅާނީ ސީދާ ކިހާ އަދަދެއްގެ ފްލެޓުތަކެއް ކަމެއް ރައީސް ވިދާޅެއް ނުވެ އެވެ.
ޕާކިސްތާނު އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓުުކުރަން ތޯހާ އެދިވަޑައިގެންފައިވާއިރު ބޮޑެތި އިންވެސްޓަރުންނަށް ރާއްޖެއިން ބޯހިޔާވަހިކަން ހަމަޖައްސައިދިނުމަށް އިންވެސްޓާ ރެސިޑެންސް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމައި ސަރުކާރުން ވަނީ އެކަން އިއުލާންކޮށްފަ އެވެ.
އިންވެސްޓާ ރެސިޑެންސް ޕްރޮގްރާމް ހިންގަން ފެށުމުން އެންމެ ފުރަތަމަ މަރުހަލާގައިވެސް 2000 ގާތްކުރާ ޢަދަދަކަށް އިންވެސްޓަރ ރެސިޑެންސް ވިސާ ހޯދުމަށް ހުށައަޅާނެކަމަށް ލަފާކުރެވޭކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވެ އެވެ.
ޢެއްކަމެއްވެސް ނުވާނެ. ސަފީރު އާކޮޅުމަތީގައި ތިހެން އުޅޭނެ. ތިކަަހަލަ ސަފީރެއް އިންޑިއާގައިވެސް އެބައުޅޭ. ޥާކަމެއް ހަމަހަރާން.
އިހްސާން ބުނީ ބޭރު މީހުންގެ އެކައުންޓަށް ޑޮލަރު ނުލާށޭ. ބޭރު ގެ އިންވެސްޓަރުން ގެނައިމަ ކޯއްޗެއް ދެނީ. އެމީހުން ރާއްޖެގަ އެކަނި ބޭނުންކުރާ ކަހަލަ ރުފިޔާތަ. ރިޒް ޑިޕޯޓްކުރީ އެކައުންޓަށް ފައިސާލަނީ އޭ ކިޔާފަ. އިހްސާނާ ޝަމްއާން އިސްތިއުފާ.