Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އޭޖީގެ ޕާމަނަންޓް ސެކްރެޓަރީއަށް ސުލްތާނާ 

އޭޖީގެ ޕާމަނަންޓް ސެކްރެޓަރީއަށް ސުލްތާނާ 

އެޓާނީ ޖެނެރަލް އޮފީސް (އޭޖީގެ) ޕާމަނަންޓް ސެކްްޓްރީގެ މަގާމަށް ސުލްތާނާ ޝާކިރު އައްޔަނު ކޮށްފި އެވެ.

އެކަން ހާމަކޮށްފައިވަނީ ސިވިލް ސާވީސް ކޮމިޝަން (ސީއެސްސީ) އިން މިއަދު  'އެކްސް' ގައި ކުރި ޕޯސްޓެއްގަ އެވެ.

މީގެ ކުރިންވެސް އޭޖީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ފުރުއްވާފައިވާ ސުލްތާނާ ވަނީ ކޮންޓްރެކްޓް އުސޫލުން ހައި ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.

Advertisement
Allied Insurance — Square (box)

ހައިކޯޓަށް 26, 2023 ގައި އައްޔަންކުރެއްވި ސުލްތާނާ ވަނީ 2004 ވަނަ އަހަރު ނިއުޒީލެންޑުން ބެޗްލާ އޮފް ސޯޝަލް ސައިންސް، 2009 ވަނަ އަހަރު މެލޭޝިޔާއިން މާސްޓާ އޮފް ޕަބްލިކް ޕޮލިސީ ކިޔަވާ ވިދާޅުވެފަ އެވެ.

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމާއި ފައިނޭންސް އެގްޒެކެޓިވްގެ މަގާމު ވެސް ފުރުއްވާފައިވާ ސުލްތާނާ ވަނީ އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރުގެ މަގާމް ވެސް އަދާކުރައްވާފަ އެވެ.

ފޮރިން މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރުކަމުގެ އިތުރުން ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ހިއުމަން ރިސޯސް މެނޭޖަރުގެ މަގާމުވެސް އޭނާ އަދާކުރެއްވި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް