Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ދޫހިމިރީގައި ރޯވުން؛ 57 މީހަކަށް މާލީ އެހީތެރިކަން ދީފި

ދޫހިމިރީގައި ރޯވުން؛ 57 މީހަކަށް މާލީ އެހީތެރިކަން ދީފި

އިއްޔެ ހަވީރު ސޯސަން މަގުގައި ހުންނަ ހ. ދޫހިމިރި އިމާރާތުގައި ހުރި ގާމަގު ކެފޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު 57 މީހަކަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މާލީ އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެކަން ހާމަކޮށް ރޭ އެ އޮތޯރިޓީއިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ހާލުގައި ޖެހުނު މީހުން ތެރޭ ހިމެނެނީ 37 ދިވެހިންނާއި 20 ބިދޭސީން ކަމަށާއި، އެ މީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އެންޑީއެމްއޭގެ މީޑިއާ އޮފިޝަލަކު "ދެން އޮންލައިން" އަށް ވިދާޅުވީ އެއިން އެއްވެސް ފަރާތެއް ބޯހިޔާވަހިކަމުގެ އެހީތެރިކަމަށް އެދިފައި ނުވާ ކަމަށެވެ. އަދި އެ ފަރާތްތަކަށް ފޯރުކޮށްދީފައިވަނީ މާލީ އެހީތެރިކަން ކަމުގައި އޭނާ ވިދާޅުވި އެވެ.

Advertisement
HDC — Sidebar (box)

އިއްޔެ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ގުޅޭ ގޮތުން "ދެން އޮންލައިން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ އަދި މިހާތަނަށް ސަބަބު ދެނެގަނެވިފައި ނުވާ ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.

އަލިފާން ނިއްވާލިފަހުން ރޭ ގެ ވަގުތެއްގައިވެސް އެތަނުގައި ރޯވެގެން އެމްއެންޑީއެފްއާއި ފުލުހުން ހަރަކާތްތެރިވި އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް