Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ލޮނު އުފައްދާ ޕެކްޓްރީގެ މަސައްކަތް ފަށައިފި, 4 މަސް ތެރޭގައި ނިންމާލެވޭނެ!

ލޮނު އުފައްދާ ޕެކްޓްރީގެ މަސައްކަތް ފަށައިފި, 4 މަސް ތެރޭގައި ނިންމާލެވޭނެ!
ރާއްޖޭގައި ހަދާ ލޮނު އުފައްދާ ޕެކްޓްރީގެ މަސައްކަތް ފަށައިފި އެވެ. ހއ. ދިއްދޫގައި ހަދާ އެ ފެކްޓްރީއަކީ ޖަޕާނުގެ ކުންފުންޏަކާއި ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ އެމްޑީޕް އިންވެސްޓްމަންޓް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތުގެ މައުލޫމާތު "ދެން" އާ ހިއްސާކުރަމުން އެ ރަށު ކައުންސިލްގެ ރައީސް އަބްދުالله ރަޝީދު ވިދާޅުވީ އެ މަސައްކަތް ކުރުމަށް 15 އަހަރުގެ މުއްދަތަށް 15000 އަކަ ފޫޓުގެ ބިމެއް ކުއްޔަށް ދޫކޮށްފައިވާ ކަމަށެވެ. ފެކްޓްރީ އިމާރާތް ކުރުމުގެ މަސައްކަތް ގާތްގަނޑަކަށް މީގެ ދެ ހަފްތާ ކުރިން ފަށާފައިވާ ކަމަށް އަބްދުالله ފާހަގަކުރެއްވި އެވެ. އަބްދުالله ވިދާޅުވީ އެ މަސައްކަތް 4 މަސް ތެރޭގައި ނިންމާލެވޭނެ ކަމަށާއި އަންނަ އަހަރުގެ ކުރީ ކޮޅު ލޮނު އުފެއްދުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އެ މަސައްކަތް ކުރާ ކުންފުނިން މައުލޫމާތު ދީފައިވާ ކަމަށެވެ. އެތަނުގައި ދެ ވައްތަރެއްގެ ލޮނު އުފައްދަން ނިންމާފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ލޮނު މަސްވެރިކަން ކުރުމަށް ބޭނުންކުރާ ލޮނުގެ އިތުރުން އާންމުކޮށް ކެއުމަށް ބޭނުންކުރާ އަޔޮޑިން ލޮނު ކަމަށް ވެސް އަބްދުالله ވިދާޅުވި އެވެ.
"ދެ ވައްތަރެއްގެ ލޮނު އެ ބޭފުޅުން އުފައްދާ. އެއީ ލޮނުމަސްވެރިކަން ކުރާ ފަރާތްތަކަށް. ލޮނު އަޅަން ބޭނުންކުރާ ލޮނާއި. އަޔޮޑިން ލޮނު ލޮނާ ދެ ބާވަތުގެ ލޮނު އެ ބޭފުޅުން ހަދާ ގޮތަށް އޮތީ"
އަބްދުالله ވިދާޅުވީ އެ ފެކްޓްރީއާއެކު ދިއްދޫގެ އިގްތިސޯދު ރަނގަޅު ވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އިތުރު ވަޒީފާތަކެއްވެސް އުފެދިގެންދާނެ ކަމަށް އަބްދުالله ވިދާޅުވި އެވެ. އަބްދުالله އިތުރަށް ވިދާޅުވީ އެ ފެކްޓްރީގައި ލޮނު އުފައްދަން ފެށުމާއެކު ރާއްޖޭގެ އެހެން ރަށްތަކަށްވެސް ލޮނު ހޯދުމުގައި ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް