Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަރުވެފައި އޮއްވާ ހޮޅުދޫއިން ފެނުނީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުން އައި މީހެއް

މަރުވެފައި އޮއްވާ ހޮޅުދޫއިން ފެނުނީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުން އައި މީހެއް

އާބާދީގައި ގާތްގަނޑަކަށް 2000 އެއްހާ މީހުން ދިރިއުޅޭ ނ. ހޮޅުދޫ ގައި މިއަދު ހެނދުނު މަރުވެފައި އޮއްވާ ފެނުނު އަންހެން މީހާ އަކީ ނަފްސާނީ ބައްޔަށް ފަރުވާހޯދަމުންދާ މީހެއްކަން އެނގިއްޖެ އެވެ.

ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނީ ހޮޅުދޫ، މާރަނގަ، ޒަކިއްޔާ މޫސާ (50އ) އެވެ. ފުލުހުން ބުނީ އެ ރަށު ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް ޒަކިއްޔާ އޮތީ މަރުވެފައި ކަމަށެވެ.

ނަން ނުޖަހަން ޝަރުތުކޮށް "ދެން އޮންލައިން"އާ ވާހަކަ ދެއްކި މީހަކު ބުނީ ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އެ ރަށު ބަށި ކޯޓާ ދިމާލަށް ހުންނަ, ޒަކިއްޔާ ދިރިއުޅޭ ގޭގެ ގުދަނެއްގެ ތެރެއިން ކަމަށެވެ.

Advertisement
HDC — Sidebar (box)

އެ ރަށުން ވާހަކަ ދެއްކި މީހާ ބުނީ، ޒަކިއްޔާގެ ހަށިގަނޑުގެ އެކި ތަންތަނުން އަނިޔާގެ ނިޝާންތަކެއް ފެންނަން ހުރި ކަމަށެވެ. އަދި އެތަނުގައި ވަޅިއެއް އޮތް ކަމަށްވެސް އެ މީހާ ކިޔައިދިނެވެ.

"ބޮލަށް ވެސް އަނިޔާއެއް ލިބިފައި ހުރި, ކަރުގެ ނޭވާ ހޮޅިއާއެކު ހުރީ ވަޅިއަޅާފަ" އެ މީހާ ބުންޏެވެ. މި ފަހުން ދިމާވީ ކަންތައްތަކާއި ގުޅިގެން ޒަކިއްޔާ ދިޔައީ ނަފްސާނީ ފަރުވާހޯދަމުން ކަމަށް ނަން ހާމަނުކުރަން ޝަރުތުކޮށް ވާހަކަ ދެއްކި މީހަކު ބުންޏެވެ.

"ޒަކިއްޔާ އާއި ނަފްސާނީ ފަރުވާއަށް ބޭނުންވާ ބޭސްކަމުން" އެ މީހާ ބުންޏެވެ. ޒަކިއްޔާ ދިރިއުޅެމުން އައީ ފިރިމީހާއާ ދޮށީ ފިރިހެން ދަރިފުޅުގެ ދެމަފިރިންގެ އިތުރުން އެ ދެމަފިރިންގެ ދަރިފުޅާ އެކު އެވެ. އެ ރަށު މީހުން ޒަކިއްޔާ ސިފަކުރަނީ އެންމެންނާ ގުޅޭ ހިތް ހެޔޮ މީހެއް ގޮތުގަ އެވެ.

ޒަކިއްޔާގެ ހަށިގަނޑުން ފެނުނު ނިޝާންތަކަކީ މީހެއް ފަރާތުން ލިބިފައިވާ އަނިޔާތަކެއް ނޫން ކަމަށް ރަށު ތެރޭގައި ވާހަކަ ދެކެވެނަސް އޭނާގެ ގާތް މީހުން އެ ވާހަކަތައް ގަބޫލުކުރަން ދެކޮޅެވެ.

އެ މަރާއި ގުޅިގެން ފުލުހުން ބުނީ އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އެހެންވެ ގުޅުން ހުރި އިދާރާއަކުން އިތުރު މައުލޫމާތު ލިބޭގޮތް ވަނީ ނުވެފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް