ޚަބަރު

ޝިއުނާއާއި މަލްޝާ އިސްތިއުފާ ދީފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން, މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފް މަގާމުން އިސްތިއުފާ ދީފި އެވެ.

Ads by STELCO

ޝިއުނާ އާއި މަލްޝާ މަގާމުން އިސްތިއުފާދެއްވާފައިވާކަން ރައީސް އޮފީހުގެ ސްޕޯކްސްޕާސަން, ހީނާ ވަލީދު "ދެން" އަށް ކަށަވަރުކޮށްދީފައިވެ އެވެ.

އެ ދެ ޑެޕިއުޓީ މިނިސްޓަރުން މަގާމުން އިސްތިއުފާދެއްވާފައިވަނީ އިންޑިއާއަށް ކުޑައިމީސް ވާގޮތަށް ޕޯސްޓް ކުރި މައްސަލާގައި މިދިޔަ ޖެނުއަރީ މަހުން ފެށިގެން ސަސްޕެންޑްކޮށްފައި ތިއްބަ އެވެ.

އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ "އެކްސް" ގައި ކުރި ޕޯސްޓެއްގައި ލަކްޝަދީބުގެ ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ ރީތިކަމާއި އެ ތަންތަނުގައި ދިރިއުޅޭ މީހުންގެ މެހެމާންދާރީ އަށް ތައުރީފުކުރައްވާފަ އެވެ.

އެއަށް އިންޑިއާގެ މީހަކު ކުރި ރީޕޯސްޓެއްގައި ބުނެފައިވަނީ އެކަމުގެ ރާއްޖޭގެ ފަތުރުވެރިކަން ދަށަށް ދިއުން އެކަށީގެންވާ ކަމަށެވެ.

އެއަށް ރައްދުދެއްވައި ޝިއުނާއާއި މަލްޝާ ހިމެނޭހެން އެ މިނިސްޓްރީގެ އެހެން ޑެޕިއުޓީ މިނިސްޓަރަކު އަބްދުﷲ މަހްޒޫމް މާޖިދު ވަނީ މޯދީއަށް ކުޑަމީސްކޮށް ލިޔެފަ އެވެ. ގިނަ ބައެއްގެ ނުރުހުން އަމާޒުވެ އެ މީހުން ސަސްޕެންޑްކުރި އެވެ.

Ads by HDC
  1. ނުހާ

    އަދިއަވަސް އިސްތިޢްފާދޭން!