ޒަކިއްޔާގެ ލަގޮނޑިއަށް އަމާޒުވި ވަޅިން ނޭވާ ހޮޅި އޮތީ ބުރިވެފައި!

އަމާންކަމާއި އޮމާންކަމުގެ ވެއްޓެއް އޮންނަ ނ. ހޮޅުދޫ ، އިއްޔެ ވެސް މާޒީކުރީ އެ ފަދަ އިތުރު ދުވަހެއް ތަކުރާރުވުމަށް އެދެމުންނެވެ. އަދި ނުހަނު ފަތިހާމެ ދުނިޔެއަށް މަރުހަބާ ކިޔަމުން އަންނަ މި ރަށް މިއަދުގެ އިރާ އެކު ވެސް ހެލިގަތީ އެ ފަދަ ދުވަހެއްގެ އުއްމީދުގައެވެ. ނަމަވެސް ދުވަހުގެ ދަމެއް ފާއިތުވީ ތަނާ ، މަޑުމަޑުން އޮތް ނ. ހޮޅުދޫއާއި މުޅި ރާއްޖެ ވެސް މިއަދު ސިއްސުވާލީ އަނެއްކާ ވެސް ހިތާމަވެރި ޚަބަރާ އެކީގައެވެ. އެ ރަށު މާރަނގަ، ޒަކިއްޔާ މޫސާ (50އ) ގެ މަރާއެކުއެވެ. މީހުންނާ ގުޅޭ, ހިތްހެޔޮ ޒަކިއްޔާގެ މަރާ އެކު, އެ ރަށް އަދިވެސް އޮތީ ސިހުމެއްގައެވެ. އެ މަރާ މެދު ދެކެވޭ ވާހަކަތަކުން އެތައް ސުވާލެއް އުފެދޭ ހާލުގައެވެ.
މިއަދު ހެނދުނު 11 ޖެހިފަހުން މީޑިއާތަކަށް ތިލަވި, ޒަކިއްޔާގެ މަރާ ގުޅިގެން އަދިވެސް އުފެދެމުންދާ ސުވާލަކީ އޭނާ އަމިއްލައަށް މަރުވީތޯއެވެ. ނޫނީ މީހެއްގެ ހަމަލާއެއް ތޯއެވެ.
ޒަކިއްޔާ ދިރިއުޅެމުންދާ, ނިއުލައިފްގޭގެ އޭނާ ދިރިއުޅެމުން އައީ ފިރިމީހާ, މުހައްމަދު ރަޝީދު އުމަރު (އެ ރަށު މީހުންގެ ނަމުން ނަމަ ކީޕަރު މޮންޑި)އާއި ދޮށީ ފިރިހެން ދަރިފުޅުގެ ދެމަފިރިންގެ އިތުރުން އެ ދެމަފިރިންގެ ދަރިފުޅާ އެކުއެވެ. ޒަކިއްޔާމެންގެ ދެމަފިރިންގެ އިތުރު ފިރިހެން ދަރިއެއް ވެސް ހުރެއެވެ. އެހެން ނަމަވެސް އޭނާ ދިރިއުޅެމުން ދަނީ މާލޭގައެވެ.
[caption id="attachment_241019" align="alignnone" width="720"]
ނިއުލައިފް ގެ ހުންނަ ސަރަހައްދު ބަންދުކޮށްފައި--[/caption]
އެ ރަށު މީހުން ބުނާ ގޮތުގައި އެއީ ވަރަށް ފުދިގެން އުޅޭ އާއިލާއެކެވެ. ޒަކިއްޔާގެ ފިރިމީހާގެ މަސް ދޯންޏަކާއި މާލެ ދަތުރުކުރާ ބޯޓެއް އޮންނަ އިރު ބިދޭސީން ގޮވައިގެން އޭނާ އަންނަނީ ކޮންސްޓްރަކްޝަން މަސައްކަތް ވެސް ކުރަމުންނެވެ.
އަދި ގޭތެރޭގެ މަސައްކަތްތަކުގައި އާންމުކޮށް އުޅޭ ޒަކިއްޔާ އޭނާގެ މާމަ ދަރި ބަލާ ސްކޫލު ކައިރިއަށް ވެސް ދާ މީހެކެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ޒަކިއްޔާގެ ފިރިމީހާއަކީ އާންމުކޮށް ކޮންމެ ރެޔަކު ދަންވަރު މަހަށްދާ މީހެއް ކަމަށާއި އެހެން ނަމަވެސް ރޭ އޭނާ މަހަށް ގޮސްފައި ނުވާ ކަމަށެވެ.
ފަތިހުން ފެށިގެން ގޭގެއަށް ގޮސް ކައުންސިލުން ކުނި ނަގަންފަށާއިރު ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ ވެސް ކުނި ނަގަން ދިޔަ މީހަކަށް ކަމަށް އެ ރަށު މީހުން ބުނެއެވެ. ކަންމައްޗަކަށް ދެ މަގަށްވާ ގޮތަށް ހުންނަ އެ ގޭގެ އެއް ފަޅީގައި ހުންނަ ގުދަނުގައި ހުންނަނީ ޝަޓާ ދޮރެކެވެ. މަގުމަތިން އެ ގުދަނަށް ވަދެވޭނީ ޝަޓާ ދޮރު ކަހާލުމަށް ފަހުއެވެ. ގޭ ތެރެއިން ވެސް ގުދަނަށް ވަދެވެން ހުންނައިރު އެ ގޭގެ ކުނި ބަހައްޓައިފައި ހުންނަނީ އެތަނުގައެވެ. އެ ގެ ހުންނަ ސަރަހައްދަކީ ޕާކަކާއި މައިޒާނަކާއި ބަށި ކޯޓެއް އޮންނަ ސަރަހައްދެކެވެ.
އިތުބާރު ހުރި މަސްދަރަކުން "ދެން"އަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި ޒަކިއްޔާ ފެނުނު އިރު އޭނާގެ ބޮލަށް ޒަހަމެއް ވެފައިވެއެވެ. އަދި އޭނާގެ ކަރުގައި ވަޅި އަޅައިފައި ހުއްޓެވެ. ކަރުގައި ހުރި ޒަހަމް ހުރީ ފުންކޮށް ކަމަށާއި ނޭވާހޮޅި ވެސް އޮތީ ބުރިވެފައި ކަމަށް އޭނާ ކިޔައިދިނެވެ.
[caption id="attachment_241020" align="alignnone" width="720"]
ހޮޅުދޫ ސިއްހީ މަރުކަޒު ހިމެނޭ ސަރަހައްދުގައި އާންމުން--[/caption]
ހޮޅުދޫ މަގެއްގެ މަތި/ ފޮޓޯ: ހޮޅުދޫ ޕޭޖް[/caption]

"ލަގޮނޑި ވަޅަށް ޖަހައިފައި ހުރީ. ނޭވާ ހޮޅި ވެސް އޮތީ ބުރިވެފައި"އޭނާ ބުނީ ގުދަނުގެ ތެރޭގައި ޒަކިއްޔާ އުއްޑުން ވެއްޓިފައި އޮތް އިރު އޭނާގެ ކައިރީގައި ވަޅިއެއް އޮތް ކަމަށެވެ. ގިނަ އަދަދެއްގެ ލޭ ވެސް އެތަނުގައި ހުރިކަމަށް އޭނާ ބުންޏެވެ. ޒަކިއްޔާއަކީ ނަފްސާނީ ބައްޔަށް ބޭސްކުރަމުން އަންނަ މީހަކަށްވާ އިރު އޭނާ އަމިއްލައަށް މަރުވެދާނެ ކަމަކަށް އޭނާގެ އެންމެ ގާތް މީހުން ގަބޫލެއް ނުކުރެއެވެ. މީގެ އަހަރުތަކެއް ކުރިން ޒަކިއްޔާގެ ބައްޕަ އަމިއްލައަށް މަރުވިއެވެ. އެކަމާ ގުޅިގެން އަބަދުވެސް ޒަކިއްޔާ އެކަމާ ހިތާމަކޮށް އެ ވާހަކަތައް ދައްކާ ހަދައެވެ. [caption id="attachment_240975" align="alignnone" width="1024"]
ހޮޅުދޫ މަގެއްގެ މަތި/ ފޮޓޯ: ހޮޅުދޫ ޕޭޖް[/caption]
"އަހަންނަކަށް ގަބޫލެއް ނުކުރެވޭ ޒަކިއްޔާ އަމިއްލައަށް އެފަދަ ކަމެއް ކުރާނެ ކަމަކަށް"ޒަކިއްޔާގެ މަރާ ގުޅިގެން ތުހުމަތުތަކެއް އަމާޒުވަމުންދާތީ އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމައި، އޭނާގެ މަރާ ގުޅޭ ތަހުގީގު ހިންގުމަށް މާލެއިން ހާއްސަ ޓީމެއް ހޮޅުދުއަށް ދިއުމަށް މިހާރު ވަނީ ފުރައިފައެވެ. ޒަކިއްޔާގެ އާއިލާއާއި މުޅި ރާއްޖެ ވެސް ތިބީ މިއަދު އެ ގެނުވި ސިހުމާއި އެ ސިހުމުން އުފެއްދި ސުވާލުތަކަށް ސާފު ޖަވާބެއް ލިބުމުގެ އިންތިޒާރުގައެވެ. އަނިޔާވެރި މަރެއްގެ ތުހުމަތު އޮތަތީ އެ ތުހުމަތަށް އަވަސް ފައިސަލާއެއް ލިބޭނެކަމުގެ އުއްމީދުގައެވެ.

ކޮމެންޓް