Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޒަކިއްޔާގެ މަރު: މާލެއިން ތަހުގީގު ޓީމެއް ހޮޅުދުއަށް, ޕޯސްޓްމޯޓަމް ހަދާނެ

ޒަކިއްޔާގެ މަރު: މާލެއިން ތަހުގީގު ޓީމެއް ހޮޅުދުއަށް, ޕޯސްޓްމޯޓަމް ހަދާނެ
މިއަދު ހެނދުނު ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު 50 އަހަރުގެ ޒަކިއްޔާ މޫސާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި އެވެ. އެކަން އިތުބާރު ހުރި މަސްދަރަކު "ދެން" އަށް ކަށަވަރުކޮށްދީފައިވެ އެވެ. އެ މައްސަލާގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ އެ މައްސަލާގެ ތަހުގީގު ކުރުމަށް މާލެއިން ހާއްސަ ތަހުގީގު ޓީމެއް ހޮޅުދޫއަށް ދިއުމަށް މިހާރު ފުރާފައިވާ ކަމަށެވެ. ނަން ނުޖަހަން ޝަރުތުކޮށް "ދެން"އާ ވާހަކަ ދެއްކި މީހަކު ބުނީ ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އެ ރަށު ބަށި ކޯޓާ ދިމާލަށް ހުންނަ, ޒަކިއްޔާ ދިރިއުޅޭ ގޭގެ ގުދަނެއްގެ ތެރެއިން ކަމަށެވެ. އެ ރަށުން ވާހަކަ ދެއްކި މީހާ ބުނީ، ޒަކިއްޔާގެ ހަށިގަނޑުގެ އެކި ތަންތަނުން އަނިޔާގެ ނިޝާންތަކެއް ފެންނަން ހުރި ކަމަށެވެ. އަދި އެތަނުގައި ވަޅިއެއް އޮތް ކަމަށްވެސް އެ މީހާ ކިޔައިދިނެވެ. "ބޮލަށްވެސް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ހުރި ކަމަށް ބެލެވެނީ، ކަރުގައިވެސް ހުރި ނިޝާންތަކެއް" އެ މީހާ ބުންޏެވެ. މި ފަހުން ދިމާވީ ކަންތައްތަކާއި ގުޅިގެން ޒަކިއްޔާ ދިޔައީ ނަފްސާނީ ފަރުވާހޯދަމުން ކަމަށް ނަން ހާމަނުކުރަން ޝަރުތުކޮށް ވާހަކަ ދެއްކި މީހަކު ބުންޏެވެ.
"ޒަކިއްޔާ އާއި ނަފްސާނީ ފަރުވާއަށް ބޭނުންވާ ބޭސްކަމުން" އެ މީހާ ބުންޏެވެ. ޒަކިއްޔާ ދިރިއުޅެމުން އައީ ފިރިމީހާއާ ދޮށީ ފިރިހެން ދަރިފުޅުގެ ދެމަފިރިންގެ އިތުރުން އެ ދެމަފިރިންގެ ދަރިފުޅާ އެކު އެވެ. އެ ރަށު މީހުން ޒަކިއްޔާ ސިފަކުރަނީ އެންމެންނާ ގުޅޭ ހިތް ހެޔޮ މީހެއް ގޮތުގަ އެވެ. ޒަކިއްޔާގެ ހަށިގަނޑުން ފެނުނު ނިޝާންތަކަކީ މީހެއް ފަރާތުން ލިބިފައިވާ އަނިޔާތަކެއް ނޫން ކަމަށް ރަށު ތެރޭގައި ވާހަކަ ދެކެވެނަސް އާއިލާއިން އެ ވާހަކަތައް ގަބޫލުކުރަން ދެކޮޅެވެ. އެ މަރާއި ގުޅިގެން ފުލުހުން ބުނީ އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އެހެންވެ ގުޅުން ހުރި އިދާރާއަކުން އިތުރު މައުލޫމާތު ލިބޭގޮތް ވަނީ ނުވެފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް