މިދިޔަ ދެ ދުވަހު ލައިސަންސް ނެތި ދުއްވި 17 އުޅަނދެއް ހުއްޓުވި

މިދިޔަ ދެ ދުވަހު ލައިސަންސް ނެތި ދުއްވި 17 އުޅަނދެއް ހުއްޓުވި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން އެހެން ބުނީ މިއަދު ހެނދުނު "އެކްސް" ގައި ކުރި ޕޯސްޓެއްގަ އެވެ.
ފުލުހުން ވަނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 9 އިން ފެށިގެން އިއްޔެ ހެނދުނު 9 ޖެހުމުގެ ނިޔަލަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތަފާސް ހިސާބުތައް ހިއްސާކޮށްފަ އެވެ.
10 ކާރަކާއި 22 ސައިކަލެއް ހުއްޓުވަ ބަލާ ފާސްކުރިއިރު އޭގެ ތެރޭގައި ނުރައްކާތެރިކޮށް ދުއްވި 1 ކާރަކާއި 3 ސައިކަލު ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
އެ މުއްދަތުގެ ތެރޭގައި:
- 3 ކާރަކާއި 19 ސައިކަލަކަށް ފިޔަވަޅު އަޅާފައިވޭ.
- 2 ކާރަކާއި 15 ސައިކަލެއް ދުއްވާފައިވަނީ ލައިސަންސް ނެތި.
- 3 ކާރަކާއި 19 ސައިކަލެއް ޓޯ ކުރެވުނު.
- 7 ކާރަކާއި 3 ސައިކަލު ދުއްވި ޑްރައިވަރުންނަށް ނަސޭހަތް ދީފައިވޭ.





ކޮމެންޓް