Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އާސަންދަ ހަމަޖައްސައިދޭނެ ކަމަށް ބުނެ ބިރުދައްކައި ފޭރެން އުޅެފި

އާސަންދަ ހަމަޖައްސައިދޭނެ ކަމަށް ބުނެ ބިރުދައްކައި ފޭރެން އުޅެފި
އާސަންދަ ހަމަޖައްސައިދޭނެ ކަމަށް ބުނެ މާލޭގައި މީހަކަށް ބިރު ދައްކައި ފޭރެން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ. އެކަމެއް އިއްޔެ ހިނގިއިރު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އެއީ 41 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކްރިމިނަލް ކޯޓުން އިއްޔެ އާއްމުކޮށްފައިވާ ކޯޓު އަމުރުގައިވާ ގޮތުން ތުހުމަތުކުރެވޭ މީހާ، އެ މައްސަލަ ހުށަހެޅި މީހާއާ ޖުމްހޫރީ މައިދާނުން ދިމާވެގެން އާސަންދަ ހަމަޖައްސައިދޭނެ ކަމަށް ބުނެ އޭނާ ގޮވައިގެން ފިނިހިޔާ ގޯޅީ ގައި ހުރި ގެއަކަށް ވައްދާ ފޯނާއި ފައިސާ ފޭރެން އުޅުނު ކަމަށެވެ.
"އަދި ތުހުމަތު ކުރެވޭ ފަރާތުގެ އަތުގައި އޮތް ގަލަމެއް މީނާ ކަރުގައި ޖައްސާ ހަލޭ ނުލެވުމަށް ބުނި ކަމަށް ހާދިސާ ރިޕޯޓުން އެނގެން އޮވޭ" - ކޯޓު އަމުރު
އެ މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ. އޭނާ އަކީ  މާރާމާރީއާ ފޭރުމުގެ ކުށުގެ ރިކޯޑް އޮތް މީހެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް