Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޗެކް ޕޮއިންޓަކަށް މަޑުނުކުރި މީހަކު ހައްޔަރުކޮށް ސައިކަލު ޓޯކޮށްފި

ޗެކް ޕޮއިންޓަކަށް މަޑުނުކުރި މީހަކު ހައްޔަރުކޮށް ސައިކަލު ޓޯކޮށްފި

ފުލުހުންގެ ވެހިކަލް ޗެކް ޕޮއިންޓަކުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ މާލެ, މއ. ހިއްތަލަ ވިލާ, އުމުރުން 23 އަހަރުގެ އާދަމް ޒިދާނެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއް ގައި ފުލުހުން ބުނީ ރޭ ދަންވަރު 1:20 ހާއިރު ރަސްފަންނު ކައިރިން ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވުމުން މަޑުކުރަން އިޝާރާތްކުރުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ސައިކަލު މަޑުނުކޮށް ދިޔަ ކަމަށެވެ.

Advertisement
Allied — Dhen Online (box)

ފުލުހުން ބުނީ އޭނާ ދުއްވި ސައިކަލު ވެސް ޓޯ ކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ އޭނާ ސައިކަލު މަޑުނުކޮށް ދާން އުޅުމުގެ ތެރޭގައި ފުލުހުންގެ ގައިގައި ސައިކަލުން ޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް