އަންނަ އާދިއްތަ ދުވަހުވެސް އިމިގްރޭޝަނުން ޕާސްޕޯޓް ހިދުމަތް ދޭނެ

އަންނަ އާދިއްތަ ދުވަހު ސަރުކާރު ބަންދު ނަމަވެސް ޕާސްޕޯޓް ހިދުމަތް ދޭނެ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިމިގްރޭޝަނުން ޕާސްޕޯޓްގެ ހިދުމަތް މާލޭ އޮފީހުން ދޭނެ ކަމަށެވެ.
އަދި ޕާސްޕޯޓަށް އެދި އިމުގާ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ވެސް ޕޯސްޓުގައި ބުނެފައި ވެއެވެ.
އަދި ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރުން ކިއުބީ މެދުވެރިކޮށް ހެނދުނު 08:30 އިން މެންދުރު 14:00 އަށް ކުރިއަށް ދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ކުރިއަށް އޮތީ ސްކޫލުތަކުގެ ޓާމު ބަންދު ކަމަށްވާތީ ގިނަ ބަޔަކު ރާއްޖެއިން ބޭރަށް ދާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އެހެންވެ ގިނަ ބަޔަކު ޕާސްޕޯޓް ހެއްދުން އިތުރުވާނެ ކަމަށް ބެލެވެ އެވެ.