Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޑޮލަރުން ޓެކްސް ދައްކާ ގޮތަށް ހަދައިފި

ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޑޮލަރުން ޓެކްސް ދައްކާ ގޮތަށް ހަދައިފި
ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޑޮލަރުން ޓެކްސް ދައްކަން ޖެހޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި އެވެ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ގެނައި ބަދަލުގައިވަނީ ކުންފުންޏެއް ވިޔަފާރީގެ މުއާމަލާތްކުރަން ބޭނުންކުރާ ފައިސާއަކީ، ރުފިޔާ ފިޔަވައި އެހެން ފައިސާއެއްނަމަ، އެ ފަރާތެއް ޓެކްސް ދައްކަން ޖެހޭނީ ޑޮލަރުންނެވެ. އަންނަ މަހުގެ 31 ވަނަ ދުވަހުން ފެށިގެން އެ ކުންފުނިތަކުގެ މާލީ ބަޔާންތައް ވެސް ތައްޔާރުކުރަން ޖެހޭނީ ޑޮލަރުންނެވެ.

ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުގެ ވިތްހޯލްޑިން ޓެކްސް، މުވައްޒަފުންގެ ވިތްހޯލްޑިން ޓެކްސް އަދި ކެޕިޓަލް ގެއިންސް ވިތްހޯލްޑިން ޓެކްސް ވެސް ޑޮލަރުން ދެއްކޭ ގޮތަށް ގަވާއިދު ބަދަލުކޮށްފައިވެ އެވެ. ރުފިޔާ ދެއްކުމުގެ އިހުތިޔާރު އޮންނަނީ އެއިން ވެސް ޑޮލަރުން އާމްދަނީ ނުލިބޭ ފަރާތްތަކަށެވެ.

މީގެ ކުރިން ކޮންމެ ވިޔަފާރިއަކުން ވެސް ދައުލަތަށް ޓެކްސް ދައްކާނީ ދިވެހި ރުފިޔާއިންނެވެ. މި ފިޔަވަޅުތަކަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް އަދި މަރުކަޒީ ބޭންކު ކަމަށްވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް ޑޮލަރު ލިބުމުގެ ދަތިކަން ދިމާވެފައި އޮތުމުން ސަރުކާރުން އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް