Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ވަގަށް ނެގި ސައިކަލެއްގައި ގޮސް އަންހެނެއްގެ އަތުން ފޭރުނު މީހަކު ހައްޔަރުކޮށްފި

ވަގަށް ނެގި ސައިކަލެއްގައި ގޮސް އަންހެނެއްގެ އަތުން ފޭރުނު މީހަކު ހައްޔަރުކޮށްފި
މާލޭގައި ވަގަށް ނެގި ސައިކަލެއް ގައި ގޮސް އަންހެނެއްގެ އަތުން ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ. މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި އެ މީހާގެ ވަނަވަރު ހާމަކުރަމުން ފުލުހުން ބުނީ، ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި، ހަބީބީހެޕް، އިސްމާއިލް ސާއިފް (39އ) ކަމަށެވެ. ސާއިފަށް ތުހުމަތުކުރެވެނީ ބުދަ ދުވަހު ހެނދުނުގެ ވަގުތެއްގައި ލޮނުޒިޔާރަތް މަގުން ސައިކަލެއްގައި ދިޔަ އަންހެނެއްގެ އަތުން ވޮލެޓަކާއި މޯބައިލް ފޯނެއް ފޭރުނު މައްސަލަ އެވެ.
އަންހެން މީހާގެ އަތުން އޭނާ ފޭރިފައިވަނީ ސައިކަލެއްގައި ދަމުން. އެ ސައިކަލަކީ ވެސް ވަގަށް ނަގާފައިވާ ސައިކަލެއްކަން އެނގިފައިވޭ. - ޕޮލިސް މެސެޖް
އަންހެން މީހާ އަތުން ފޭރުނު ވޮލެޓާއި ފޯނު ހޯދާފައިވާ ކަމަށާއި އަދި ސާއިފް ދުއްވި ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުންގެ މެސެޖެއްގައި ކަމަށެވެ. އެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް