Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ދީން

ހުކުރު ނަމާދުގައި ދިގުކޮށް ކިޔަވާތީ ޝަކުވާ އާދޭ: ޝަހީމް

ހުކުރު ނަމާދުގައި ދިގުކޮށް ކިޔަވާތީ ޝަކުވާ އާދޭ: ޝަހީމް
ހުކުރު ނަމާދު ފަދަ ޖަމާއަތް ބޮޑު ނަމާދުތަކުގައި ސުންނަތްވެގެންވާ ގޮތަކީ ކުރުކޮށް ކިޔެވުން ކަމަށް އިސްލާމިކް މިނިސްޓަރު މުހަައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. މިއަދު މެންދުރުފަހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވެފައިވާ ހުކުރު ނަމާދު ފަދަ ޖަމާއަތް ބޮޑު ނަމާދުތަކުގައި ބައެއް ހަތީބުން ވަރަށް ދިގުކޮށް ކިޔަވާ ކަމުގެ ޝަކުވާ ލިބޭ ކަމަށެވެ. އެފަދަ ޖަމާއަތް ބޮޑު ނަމާދުތަކުގައި ސުންނަތްވެގެންވާ ގޮތަކީ ކުރުކޮށް ކިޔެވުން ކަމަށެވެ.
"ޖަމާއަތުގައި ބަލިމީހުންނާއި އުޒުރުވެރިން އަދި ކުޑަކުދިންވާނެކަން އިމާމުގެ ހަނދާނުގައި ބެހެއްޓުން މުހިންމު،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި ވިއްސާރަވާއިރު ވިއްސާރައިގައި އަދި އަވިދޭއިރު އަވީގައި ވެސް ޖަމާއަތުގެ ބޮޑު ބައެއް އޮންނަ ކަމުގަ އެވެ. މިފަދަ ކަންކަމާ މެދު ސަމާލުވުމަކީ ފިގުހުވެރިކަމުގެ ތެރެއިންވާ ކަމެއްކަން ވެސް ފާހަގަކުރެއްވި އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް