މީހެއްގެ ބޭސްފަރުވާގެ ތަފްސީލު އާސަންދައިން ހާމަކުރުމުން ފައްޔާޒުގެ ނުރުހުން
ދިވެހި ރައްޔިތެއްގެ ބޭސްފަރުވާގެ ތަފްސީލު އާސަންދައި ކުންފުނިން ޙާމަކުރުމުން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ނުރުހުން ފާޅުކުރައްވައިފި އެވެ.
އިންޑިއާގައި ފަރުވާ ދެމުންދާ އުމުރުން 65 އަހަރުވީ ދިވެހި ފިރިހެނެއްގެ ބަލީގެ ތަފްސީލު އާސަންދައިން އިއްޔެ ހާމަކުރީ އެ މީހާގެ އާސަންދަ ކަނޑާލިކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހާކަތަކާ ގުޅިގެން ކަންވީ ގޮތުގެ ހަގީގަތް އޮޅުންފިލުވައިދިނުމުގެ ގޮތުން ނެވެ.
އެކަމާ ގުޅިގެން ފައްޔާޒް 'އެކްސް' ގައި މިއަދު ވިދާޅުވީ ރައްޔިތަކު ބޭސްފަރުވާ ހޯދަމުންދާ ބަލީގެ ތަފްސީލު އެގޮތަށް އާއްމުކުރުމަކީ ގާނޫނުއަސާސީގެ 24 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އެނާގެ ޒާތީ ދިރިއުޅުމުގެ ހުރުމަތްތެރިކަން ނަގައިލުން ކަމަށެވެ.
ހަމަ އެހެންމެ ސިޔާސީ މަގާމުތަކުގެ އަދަދާއި އެ މަގާމުތަކަށް މުސާރައިގެ ގޮތުގައި ދައުލަތުން ހޭދަކުރާ ފައިސާގެ އަދަދު ހާމަކުރުމަށް ތަކުރާރުކޮށް ސަރުކާރުން ދެކޮޅު ހަދަމުންދާ އިރު އާއްމު ރައްޔިތެއްގެ ޒާތީ މައުލޫމާތު ހާމަކުރުން ކުށްވެރިވެސް ކުރާ ކަމަށެވެ.
"އެކި ތަންތަނުން އާސަންދައިގެ ހިދުމަތް ކެނޑެމުންދާކަމާއި ޑޮކްޓަރަށް ދެއްކުމަށާއި ބޭސް ނެގުމަށް އާސަންދައިން ކަވަރުކުރާ މިންވަރު މަދުކުރަމުންދާކަން ސަރުކާރުން ދޮގުކުރިޔަސް، އެކަމުގެ ދަތިކަން ތަހައްމަލުކުރަނީ ރައްޔިތުންކަމުގައި ވީތީ، ރައްޔިތުން އެވާހަކަ ދައްކާނެ. ބަލިމީހެއްގެ ބޭސްފަރުވާއަށް ހޭދަކުރި އަދަދު ކަމަށް ބުނެ ބޮޑެތި އަދަދަދުތަކެއް ހާމަކުރުމުގެ ނަތީޖާއެއްގެ ގޮތުން ބޭސްފަރުވާއަށް އަމިއްލަ ފަރާތްތަކުން ނަމަވެސް އިތުރަށް އެހީއެއެއް ލިބުމުގެ ފުރުސަތު ގެއްލިގެންދާނެ." ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވަނީ ސަރުކާރުން ބޭސް ފަރުވާގެ އެހީގެ ކަންކަން އިތުރުނުކޮށްދިން ނަމަވެސް، އިތުރު އެހީ ލިބުމުގެ ފުރުސަތު އެގޮތަށް ނަގައިނުލުމަށް ވެސް ދަންނަވައިފަ އެވެ. އަދި މި ސަރުކާރަށް އައު ކަމެއް ނުކުރެވޭ އިރު، ކުރިންސުރެ ރައްޔިތުންނަށް ލިބެމުންދިޔަ ފަސޭހަތަށް ދެމެހެއްޓުން މުހިންމު ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ސިޔާސީ މީހުން ދޮގުހެދުން މީމައްސަލައކީ ރައްއިތުމީހާއައްހުރިހާދެރައަކީ
ހާމަ ނުކުރިނަމަ ބުނާނެ ކީއްވެގެންހޭ ހާމަނުކުރަންވީ،ސަރުކާރުން ހުރިހާކަމެއް ސިއްރުކޮށް ރައްޔިތުންނަށް އޮޅުވާލަނީއޭ!ފައްޔާބެމެންނަށް ނޯންނާނެ ރަނގަޅު އެއްގޮތެއްވެސް.
އެއްވެސް އޮއްޓަރެއްނެތް ހުސްއަނގަތެޅުމަކީ ޒިއްމާދާރު ގޮތެއް ނޫނެވެ މޑޕ އަކީވެސް ދައުލަތުން ޚަރަދުތަކެއް ކުރާ
ޕާޓީއަކަށްވާއިރު، އުފެއްދުންތެރިކަން ކުރިއަށްނެރެ ރައްޔިތުންނަށް ޚިދުމަތްތަކެއް ކޮށްދޭންޖެހެވެ ފިތުނަ އުފެއްދުމާއި ވަގުތާއި ވަސީލަތްތައް ބޭކާރުކުރުން ހުއްޓާލަން
ޖެހެއެވެ.