20 ވޯލީ ކޯޗުން ތަމްރީންކުރަން ޗައިނާއަށް ފުރަނީ

ގިނަ އަދަދެއްގެ ވޯލީ ކޯޗުން ތަމްރީން ކުރަން ޗައިނާއަށް ފުރާ ގޮތަށް ޖެހިއްޖެ އެވެ.
ސްޕޯޓްސް މިނިސްޓްރީން ބުނީ ވޮލީ ކޯޗުން ތަމްރީން ކުރަން 20 މީހަކު މިރޭ ޗައިނާއަށް ފުރަން ހަމަޖެހިފައިވާ ކަމަށެވެ.
އެ މީހުން ފުރުމުގެ ކުރިން އެ މީހުންނާ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޭންގް ލީ ޖިން އަދި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވަނީ ބައްދަލު ވެސް ކުރައްވައިފަ އެވެ.
އެ ތަމްރީންތައް ކުރިއަށް ދާނީ ޗައިނާގެ ހަންގްޒޫ ސިޓީގަ އެވެ. އެއީ މި މަހުގެ 15 އިން ފެށިގެން އަންނަ މަހުގެ ފަހަކާ ހަމައަށެވެ.
މިއީ ކުޅިވަރިގެ ދާއިރާއިން މީހުން ބިނާކުުރުމަށް ޗައިނާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ޗައިނާއަށް ފޮނުވާ ބައެކެވެ.
މި ފަހަރު ކޯޗުންގެ ތަމްރީންއަށް ޗައިނާއަށް ފޮނުވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ހޮވާލައިގެން ކަަމަށްވެސް ސްޕޯޓްސް މިނިސްޓްރީން ބުނެ އެވެ.