ޚަބަރު

ވެލިދޫގައި ޑްރަގާ ދެކޮޅު ބޮޑު އޮޕަރޭޝަނެއް، ހަ މީހަކު ބަންދަށް!

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން ނ. ވެލިދޫގައި ހިންގި މަސްތުވާތަކެތިގެ އޮޕަރޭޝަނުގައި ހަތް މީހަކު ހައްޔަރުކޮށް އެއިން ހަ މީހަކު ބަންދުކޮށްފި އެވެ.

Ads by Sosun Fihaara

އިއްޔެ ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި ބައެއް ގޭގެ ބަލައިފާސްކޮށް، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެ އެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1.5 ކިލޯ އެވެ. އޭގެ އިތުރުން 50،000 އަށް ވުރެ ގިނަ ދިވެހި ރުފިޔާއާއި ޔޫއެސް ޑޮލަރު ފެނިފައިވެ އެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެކަކު ވަނީ ދޫކޮށްލައިފަ އެވެ. ދެން ތިބި 6 މީހުންގެ ތެރެއިން އެކަކު 8 ދުވަހަަށް އަދި 5 މީހުން 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.

  1. އަހުމަދު މުރުޝިދު (35 އ) - ބަންދަށް 8 ދުވަސް
  2. އަބްދުﷲ ނިޝާދު (26 އ) - ބަންދަށް 5 ދުވަސް
  3. އަހުމަދު އަސީމް (26 އ) - ބަންދަށް 5 ދުވަސް
  4. އަހުމަދު ނައުޝާދު (28 އ) - ބަންދަށް 5 ދުވަސް
  5. އަލީ ރަޝީދު (30 އ) - ބަންދަށް 5 ދުވަސް
  6. މުހައްމަދު މާއިދު (28 އ) - ބަންދަށް 5 ދުވަސް

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ފަހުން ޅ. އަތޮޅު ނައިފަރާއި ހިންނަވަރުގައި ވެސް ފުލުހުން މީގެ ބޮޑު އޮޕަރޭޝަނެއް ހިންގި އެވެ. އެ ދެ ރަށުން 12 ތަނެއް ބަލައިފާސްކޮށް 86.26 ގްރާމްގެ ބަރުދަން ހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހޯދި އެވެ. އެ އޮޕަރޭޝަނަށް ފަހު ފަސް މީހަކު އެ ދެ ރަށުން ހައްޔަރުކޮށްފައިވެ އެވެ.

Ads by Ooredoo
  1. ހުދުހުދު

    ގަބޫލު ކުރިޔަސް ނުކުރިޔަސް މި ކޮމެންޓް ޖެއްސަސް ނުޖެއްސަސް…..ޙައްލަކީ ޢުމަރު….ކެރޭނެ …..ކުރާނެ…ހިތްވަރު ހުންނާނެ.