Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

9 ބުރިއަށް ހަދާ ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ބިންގާ އަޅައިފި 

9 ބުރިއަށް ހަދާ ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ބިންގާ އަޅައިފި 

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް 9 ބުރީގެ އޮފީސް އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.

އެ އޮފީހުގެ ބިންގާ އަޅާފައި މިއަދު ހެނދުނު 9 ޖެހިއިރު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. ބިންގާ އަޅުއްވާ ދެއްވީ ކުންފުނީގެ ޗެއާމަން އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމާއި މެނޭޖިން ޑިރެކްޓަރު, މުހައްމަދު ޝަކީލްގެ އިތުރުން ބޯޑު މެމްބަރުންނާއިއެކު ކުންފުނީގެ އިސްވެރިންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަކީލް ވިދާޅުވީ ހައްޖު ކޯޕަރޭޝަނަކީ ކުޑަ ކުންފުންޏެއް ނޫން ކަމަށާއި އެއީ ކުންފުނީގެ އަމިއްލަ ޒާތުގައި ކުންފުނި ހިންގުމުގެ ގާބިލްކަން ހުންނަންޖެހޭ ބޮޑު ކުންފުންޏެއް ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ވޭތުވެދިޔަ 11 އަހަރު ތެރޭގައި ހައްޖު ކޯޕަރޭޝަން ފެނިގެން ދިޔައީ ސަރުކާރަށް ވަރަށް ބޮޑަށް ބަރޯސާވެގެން ހިންގަންޖެހޭ ކުންފުންޏެއްގެ ގޮތުގައި ކަަމަށް ވެސް ޝަކީލް ވިދާޅުވި އެވެ.

"އެހެންނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުގަނޑު ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެޕޮއިންޓް ކުރުމަށްޓަކައި އަޅުގަނޑު ގެންދަވާފަ އެދިވަޑައިގަތީ ހައްޖު ކޯޕަރޭޝަން ނަގާ ކޮޅަށް ޖައްސަވައިދެއްވަން. އެހެންކަމުން، އިދާރަކުރެއްވިއްޔާ އެ މަސައްކަތް މިއަދު ފެށިގެން މި ދިޔައީ"

ޝަކީލް ވިދާޅުވީ ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި ވަރަށް ގިނަ ޕްރޮޖެކްޓްތަކެއް ފެށިގެންދާނެ ކަމަށެވެ.

ޝަކީލް ވިދާޅުވީ ރައީސް މުއިއްޒު އެދިވަޑައިގަންނަވާ ގޮތަށް ހައްޖު ކޯޕަރޭޝަންގެ ހުރިހާ ކަންތައްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ހައްޖު ކޯޕަރޭޝަންގައި ހިނގާ ހުރިހާ ކަންކަމަކީވެސް ދެ ފުށް ފެންނަ ގޮތަށް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ހިދުމަތްތަކެއްގެ ގޮތުގައި ވެގެންދާނެ ކަމުގެ ޔަގީންކަންވެސް ޝަކީލް ދެއްވާފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް