ފޯނެއް ވަގަށް ނެގި މީހަކު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ހޯދާ ހައްޔަރުކޮށްފި

ފޯނެއް ވަގަށްނެގި މީހަކު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ހޯދާ ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ގުރައިދޫ, ޒަމީން އުމުުރުން 26 އަހަރުގެ މުހައްމަދު ވިޝާމެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ ރޭ 6:30 ހާއިރު ރަށްފުސްގޯޅި ފިއުޝަން މާޓް ކައިރީ ފުލުހުންގެ ބީޓްއެއް ހަރަކާތްތެރިވަމުން ދަނިކޮށް ބިދޭސީ ފިރިހެނަކު އޭނާ ދިރިއުޅޭ ގެސްޓް ހައުސްގައި ނިދާފައި އޮއްވާ ފޯނެއް ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެ ގެސްޓް ހައުސްގެ ސީސީޓީވީ ކެމެރާގެ ފޯޓޭޖު ބަލާ މީހާ އައިޑެންޓިފައި ކުރުމަށްފަހު ރޭ 9 ޖަހާ ހާއިރު މި ފޯނު ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ މީހާ އޯކިޑް މަގު ފަހަތަ ސްޓާ ކައިރިން ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެ މީހާ ހުއްޓުވާ ސުވާލުކުރުމުން ނޯތު ހާބަރުގައި އޮތް ސްޕީޑް ބޯޓެއްގައިއިން ބިދޭސީ މީހަކަށް ފޯނު ވިއްކާލި ކަމަށް ބުނެފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި ވިއްކާލި މީހާ އަތުން އެ ފޯނު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ދޭހަވީ މިހާތަނަށް ފުލުހުން އަމިއްލަކަން އިސްކޮށް މަސްޢޫލިއްޔަރު ނުއުފުލާ މަކަރު ހަދައި ގަދަބަހުން ރައްޔިތުންނަށް ޖަވާބުދެމުން ގޮސްފައިވާކަން. ހޯދުމުގެ ގާބިލުކަމާއި ވަސީލަތް އެބަހުރިކަން މިއެނގެނީ.