Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ގެސްޓު ހައުސްއަކަށް މީހަކު ވައްދައި، ބަރަހަނާކޮށް ފޭރުނު މައްސަލާގައި ދައުވާކުރަން ފޮނުވައިފި

ގެސްޓު ހައުސްއަކަށް މީހަކު ވައްދައި، ބަރަހަނާކޮށް ފޭރުނު މައްސަލާގައި ދައުވާކުރަން ފޮނުވައިފި
ގެސްޓު ހައުސްއަށް ދިވެހި ފިރިހެނަކު ވައްދައި، އެ މީހާއަށް ތޫނު އެއްޗިހިން ބިރުދައްކައި، އޮރިޔާންކޮށް، ފައިސާ ފޭރުނު މައްސަލާގައި ދެ މީހަކަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ. ފުލުހުން މިއަދު ބުނީ، ޖުލައި މަހުގެ 19 ވަނަ ދުވަހު މާލެ، ޔެލޯ ލައިޓް ސްޓޭ ގެސްޓު ހައުސްއަށް ދިވެހި ފިރިހެނަކު ވައްދައި، އެ މީހާއަށް ތޫނު އެއްޗިހިން ބިރުދައްކައި، އޮރިޔާންކޮށް، އޭނާގެ ވޮލެޓުގައި ހުރި ފައިސާ ނަގައި އެކައުންޓުގައި ހުރި ފައިސާ ޓްރާސްފާކޮށް ފޭރުނުކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމާފައިވާ ކަމަށެވެ. މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވާފައިވަނީ:
  1. ގ. އޯލްޕެރިސް، އަހްމަދު މިހާދު (44އ)
  2. ގ. ރަނައުރާގެއާގެ، ރިމާނާ މޫސާ (39އ)
އެ މީހުންގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް