Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ވިޔަފާރި

ސްޓޫޑެންޓް ލޯނުތައް ދެއްކުން ހަ މަހަށް ފަސްކޮށްފި

ކޮވިޑް-19އާ ގުޅިގެން ސްޓޫޑެންޓް ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ފަސްކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ކޮވިޑް-19ގެ ޙާލަތާ ގުޅިގެން މިއަދު ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިޙާލަތުގައި މަތީ ތަޢުލީމަށް ކިޔަވާ ދަރިވަރުންނަށްވެސް ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން ދަރިވަރުންގެ ލޯނު ސްކީމަށް ފައިސާ ދެއްކުން ހަ މަސްދުވަހަށް ފަސްކޮށްދެއްވާފައިވާކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ، މި ދަނޑިވަޅުގައި ޤައުމުގެ އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ވަމުން ދިޔަ ނަމަވެސް، އާންމުންނަށް މިކަމުން ކުރާ އަސަރުކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ.

Advertisement
Allied Insurance — Square (box)

މިގޮތަށް ނިންމެވި ނަމަވެސް ލޯން ދޫކުރުމުގެ އުސޫލަށް ބަދަލެއް ނުގެންނަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ކުރިން ވަނީ މަތީ ތަޢުލީމުގެ ލޯން ސްކީމް ނުވަތަ ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް ރޭޓް ތިން ޕަސެންޓު ކުޑަކޮށްފައެވެ. ކުރިން މި ލޯނު ދޫކުރަމުން އައީ ފަސް ޕަސެންޓު އިންޓްރަސްޓް ރޭޓުގައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް