ޔޫޓިއުބުން ފައިސާ ލިބޭނެ ގޮތް ހަދަން މި ހަފްތާގައި ބައްދަލުކުރަނީ

ޔޫޓިއުބުން ފައިސާ ލިބޭނެ ގޮތް ހަދަން މި ހަފްތާގައި މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ޔޫޓިއުޓާއި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި ކޮންޓެންޓް ކުރިއޭޓް ކުރާ ފަރާތްތަކަށް ފައިސާ ލިބޭނެ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ވިދާޅުވީ ޔޫޓިއުބްގައި ދިވެހީން އެކައުންޓް ހުޅުވުނަަސް މަނިޓައިޒްކުުރުމުގައި ހުރަސްތަކެއް ދިވެހީންނަށް އެބަހުރި ކަމަށެވެ.
"އެހެންވީމާ ޔޫޓިއުބްއާއެކު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދެވަނަ ޑިސްކަޝަންއެއް މިއޮތީ 19 ވަނަ ދުވަހު މި މަހުގެ. 19 ވަނަ ދުވަހު އަޅުގަނޑުމެންގް ޕްރޮޕޯސަލް ހުށަހަޅަން އަޅުގަނޑުމެން ގަސްދުކުރަނީ. މި ކަން ވެސް ހަމަ ވަރަށް ބާރަށް ހަމަ ކުރިއަށް އެބަދޭ،" އޭނާ ވިދާޅުވި އެވެ.
މިިނިސްޓަރު އިތުރަށް ވިދާޅުވީ ޕޭޕަލްގެ ހިދުމަތް ވެސް ރާއްޖެއަށް ލިބޭނެ ގޮތް ހަދަން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ކްރޮސް ބޯޑާ ޓްރާންސެކްޝަންއާ ގުޅޭ ގޮތުން ޕޭޕަލްއިން އެދުނު މައުލޫމާތުތައް މިހާރު ފޯރުކޮށްދީފައިވާ ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ ހަމަ ޓާގެޓްކުރާ ޝެޑިއުލްގައި އެބަދޭ. ލަފާ ކުރެެވެނީ އިރާދަ ކުރެއްވިއްޔާ ޕޭޕަލްއާއެކު ކްރޮސް ބޯޑާ ޓްރާންސެކްޝަން ފެއްޓޭނެ ކަމަށް" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.