ޚަބަރު

މަރުވެފައި އޮއްވާ ފެނުނު މީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތް: ފުލުހުން 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
މާލޭ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިގެން ސިއްހީ އޮފިޝަލުން ހަރަކާތްތެރިވަނީ/ ފޮޓޯ: އެމްވީ ކްރައިސިސް

މަރުވެފައި އޮއްވާ ރޭ ފެނުނު މީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

Ads by Hajj Corporation

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ މ. ނަލަހިޔާ މަންޒިލް, އުމުރުން 57 އަހަރުގެ އަހުމަދު ފަޔާޒް ކަމަށެވެ.

އެ ގޭގެ ތިންވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައި ފަޔާޒް މަރުވެފައި އޮތް ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 11:33 ގަ އެވެ.

ފުލުހުން ބުނީ އެ މަރާ ގުޅިގެން ތުހުމަތުކުރެވޭ ފަދަ ކަމެއް ވެސް ނެތް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

މީގެ ކުރިންވެސް މި ފަދަ ކުއްލި މަރުތައް ރާއްޖޭގައި ހިނގާފައިވާއިރު ގެއްލިގެން ހޯދަން އިއުލާން ކުރާ މީހުންވެސް މަރުވެފައި އޮއްވާ ފެނިފައިވެ އެވެ.

Ads by Ooredoo