އެލްމޮބައިލުން އައިފޯން 16 ގެ ޕްރީއޯޑަ މޫލީ މެދުވެރިކޮށް ހުޅުވާލައިފި

އެލްމޮބައިލުން އެންމެފަހުގެ އައިފޯން 16 ސީރީޒްގެ ޕްރީއޯޑަރަށް އުރީދޫގެ މޫލީ މެދުވެރިކޮށް ހުޅުވާލައިފި އެވެ.
އުރީދޫ މޯލްޑިވްސްއިން އެލްމޮބައިލް އާ ގުޅިގެން އައިފޯން 16 ގެ ޕްރީއޯޑަރަށް މޫލީ މެދުވެރިކޮށް ހުޅުވާލާފައި ވަނީ ރޭ 12:00 އިން ފެށިގެންނެވެ.
އައިފޯން 16 އަދި އައިފޯން 16 ޕްލަސްއަކީ މުޅިން އާ އޭ18 ޗިޕް ހިމަނައިގެން އުފައްދާފައިވާ ފޯނެކެވެ.
އެގޮތުން ކެމެރާ ކޮންޓްރޯލް، އެޑްވާންސް ކެމެރާ ސިސްޓަމަށް އީޖާދީ އަޕްގްރޭޑް، އެކްޝަން ބަޓަން ބޭނުންކޮށްގެން ބޭނުންތެރި ފީޗާތައް އަވަހަށް ހޯދުމާ އަދި ބެޓެރީ ލައިފް އާ މޮޑެލްތަކުގައި ހިމަނާފައިވާ ކަމަށް އުރީދޫން ފާހަގަކުރެ އެވެ.
އައިފޯން 16 ޕްރޯ މެކްސްއަކީ އޭ18 ޕްރޯ ޗިޕްގެ އެހީގައި އިންޑަސްޓްރީގެ އެންމެ ކުރިއަރާފައިވާ ސީޕީޔޫ ޕާފޯމަންސް، ބޮޑު ޑިސްޕްލޭ ސައިޒް، ކެމެރާ ކޮންޓްރޯލް، އިނޮވޭޓިވް ޕްރޯ ކެމެރާ ފީޗާސް އަދި ބެޓެރީ ލައިފަށް ބޮޑު ކުރިއެރުމެއް ގެނެސްފައިވާ މޮޑެލްއެއްކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.