ޚަބަރު

ޔޫއެންއަށް ކުރާ ދަތުރުގެ ނަތީޖާ ކުރިއަށް އޮތް ދުވަސްތަކުގައި ފެންނާނެ: ރައީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު--

އދ، ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ތަގުރީރުކުރެއްވުމަށް ކުރައްވާ ދަތުރުފުޅުން ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށާއި އަދި އޭގެ ނަތީޖާ ކުރިއަށް އޮތް ދުވަސްތަކުގައި ފެންނާނެ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ،

Ads by Hajj Corporation

އދ. ގެ އާންމު މަޖިލީހުގައި ތަގުރީރުކުރެއްމަށް އެމެރިކާގެ ނިއުޔޯކަށް ކުރައްވާ ރަސްމީ ދަތުރުފުޅު ރައީސް ފެއްޓެވީ މި ރެ އެވެ.

ފުރާ ވަައިގަތުމުގެ ކުރިން މީޑީއާއަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ އދ. ގައި ރާއްޖެއަށް މުހިންމު ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާނެ ކަމަށެވެ.

އެގޮތުން ތިމާވެއްޓާއި ޓެކްނޮލަޖީއާއި ތަރައްގީ އަދި ރާއްޖޭގެ ކުރިމަގާ ގުޅޭ މުހިންމު ކަންކަން ހިމެނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި އެކަންކަމާ ގުޅޭ ގޮތުން އދ. ގެ އެހީދޭ ޖަމިއްޔާތަކާއި، އެކި ގައުމުތަކާއި އަދި މަލްޓި ލެޓަރަލް ޖަމާއަތްތަކުގެ އެހީތެރިކަން ހޯދަން އޯޑިއަންސް ލިބިގަތުމަކީ ގައުމަށް އެންމެ މުހިންމުކަން ކަމަށް ރައީސް ވިދާޅުވި އެވެ.

"ވީހާވެސް ގިނަ ވާހަތަަކެއް ރައްޔިތުންގެ ފަރާތުން ހާމަކޮށްދެވޭތޯ ބަލާނަން. އަދި މި ދަތުރުވެގެން ދާނީ ރައްޔިތުންނަށް ފައިދާހުރި ދަތުރަކަށް އޭގެ ނަތީޖާ ކުރިއަށް އޮތް ދުވަސްތަކުގައި ކާމިޔާބުކަމާއެކެ ލިބޭނެ ދަތުރަކަށް ވެގެންދާނެ"ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މިހާރުވެސް ސަރުކާރުން ކުރިއަށް ގެންދަނީ އެންމެ ފުރަތަަމަ ވެސް އިއުލާންކުރި ގޮތަށް ރާއްޖެއަށް އެންމެ ފައިދާވާ ގޮތަށް "މޯލްޑިވްސް ފަސްޓް" ޕޮލިސީ ކަމަށާއި އަދި ރާއްޖެއަށް އެންމެ ފައިދާވާ ކޮންމެ ބަޔަކާ އެކީ ގުޅުން އުފެއްދުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

Ads by HDC