ޚަބަރު އިޖުތިމާޢީ ވިޔަފާރި

ޝަކުވާ ބޮޑުވެ ކިއޮސްކްތައް ދޫކުރުމުގެ ގުރުނެގުން ލަސްވެއްޖެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހުޅުމާލޭގައި ހެދި ކިއޮސްކްތައް---

ހުޅުމާލެ ފޭސް ދޭކުން ދޫކުރަން ނިންމާފައި ކިއޮސްކްތަކަށް ކުރިމަތިލި މީހުންގެ ޝަކުވާތައް ބޮޑެތި  ގުރުނެގުން ފަސްކޮށްފި އެވެ.

Ads by MWSC

ވަރުގަދަ ޝަރުތުތަކާއެކު ކިއޮސްކްތަކަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ އޮގަސްޓު މަހުގެ 22 ވަނަ ދުވަހު އެވެ.

ހަމައެކަނި ހިޔާ ފްލެޓްގައި ދިރިއުޅޭ ދިވެހީންނަށް ކުއްޔަށްދޭން ހެދި 20 ކިއޮސްކްއަކީ ލުއި އަދި ތައްޔާރީ ކާނާއާއި ބުއިން ފަދަ ތަކެއްޗަށް ހާއްސަކޮށްފައިވާ ކިއޮސްކްތަކެކެވެ.

އެތަނުގެ ކުލީގެ ގޮތުގައި ކަނޑައަޅާފައި އޮތީ މަހަކު 3500 ރުފިޔާ އެވެ. އަދި އެ ތަނުގައި ބިދޭސީން ނުގެންގުޅޭވޭނެ ކަމަށް ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނޭ އިރު އެޗްޑީސީއަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނުދައްކާ އޮތް މީހަކަށް ވެސް ކުރިމަތިނުލެވޭނެ ކަމަށް ބުނެފައި ވެއެވެ.

ފޭސް ދޭއްގައި ގާއިމުކުރި 20 ކިއޮސްކްއަކަށް 183 ފަރާތަކުން ކުރިމަތިލި އިރު ގުރުނަަގަން ކަނޑައަޅާފައި އޮތީ މިއަދު އެވެ.

އެހެން ނަމަވެސް އެޗްޑީސީގެ މީޑިއާ އޮފިޝަލު އާނިފާ ސިރާޖު "ދެން"އަށް ވިދާޅުވީ އެޗްޑީސީއަށް ލިބުނު ޝަކުވާތަކަކާ ގުޅިގެން މިއަދު ގުރު ނެގުން ނުބޭއްވުނު ކަމަށެވެ. އަދި ދެން ގުރުނެގުން ބާއްވާނެ ދުވަހެއް ފަހުން އަންގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޝަކުވާތައް އައީ ކިއޮސްކްއަށް ކުރިމަތިލީ މީހުންގެ ތެރެއިން އެޕްލިކޭޝަންތައް ބަލައި ނުގަތް ފަރާތްތަކުން ކަމަށެވެ. އެ މީހުންގެ އެޕްލިކޭޝަންތައް ބަލައިނުގަތީ އެޗްޑީސީއަށް ދައްކަން ޖެހޭ ފައިސާތައް ނުދައްކާ އޮތުމުން ކަަމަށް ވެސްް އާނިފާ ވިދާޅުވި އެވެ.

Ads by Allied Insurance