ޚަބަރު

29 ރަށަކަށާއި ދެ އަތޮޅު ކައުންސިލަށް އެސްޖީން ހޯދަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ކުރީގެ ސަރުކާރުގައި ކައުންސިލަރުންނަށް ބޭއްވި ކޮންފަރެންސެއް - ފޮޓޯ: ރައީސް އޮފީސް

29 ރަށު ކައުންސިލަކަށް އަދި ދެ އަތޮޅު ކައުންސިލަކަށް ސެކްރެޓަރީ ޖެނެރަލް (އެސްޖީ) މަގާމު ފުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

Ads by Sosun Fihaara

ސިވިލް ސާވިސް ކޮމިޝަނުން ކުރި އިއުލާނުގައި ބުނާ ގޮތުން އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މުސާރައަކީ 12،130 ރުފިޔާ އެވެ. އެގްޒެކެޓިވް އެލެވަންސަކަށް 8،870 ރުފިޔާ ލިބެ އެވެ.

އެސްޖީން ހޯދަނީ ނ. އަތޮޅު ކައުންސިލަށާއި، ވ. އަތޮޅު ކައުންސިލަށެވެ.

ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް މުސާރަ ކަނޑައަޅާފައިވަނީ، ދެ ފެންވަރެއްގެ މިންގަނޑު ހިމަނައި އެ ފެންވަރެއްގެ މިންގަނޑަށް ފެތޭ މުސާރައެއް ދޭ ގޮތަށެވެ.

މަތީ ފެންވަރުގެ އަސާސީ މުސާރައަކީ 9300 ރުފިޔާ އާއި، 6800 ރުފިޔާގެ އެގްޒެކެޓިވް އެލެވަންސެވެ. އަނެއް މިންގަނޑަށް ކަނޑައަޅާފައިވަނީ 8835 ރުފިޔާގެ މުސާރައާއި، 6450 ރުފިޔާގެ އެގްޒެކެޓިވް އެލެވަންސެވެ.

މި މިންގަނޑުތަކުގެ ތަފްސީލް ނެރުނު އިއުލާނުގައި ހިމެނެ އެވެ.

އެސްޖީން ހޯދާ ރަށު ކައުންސިލްތަކަކީ

  • ހއ. ވަށަފަރު، ހއ. ކެލާ، ހއ. މުރައިދޫ
  • ށ. ފޭދޫ، ށ. މަރޮށި، ށ. ފީވަށް
  • ރ. ވާދޫ، ރ. ރަސްމާދޫ، ރ. މަޑުއްވަރީ
  • ބ. ފުޅަދޫ، ބ. ފެހެންދޫ، ބ. ހިތާދޫ
  • ކ. ތުލުސްދޫ، އއ. މާޅޮސް
  • އދ. ދިއްދޫ، އދ. މަހިބަދޫ، އދ.  ހަންޏާމީދޫ
  • ވ. ތިނަދޫ، ވ. ރަކީދޫ
  •  ފ. ދަރަނބޫދޫ، ފ. ނިލަންދޫ
  • ދ. ރިނބުދޫ، ދ. ކުޑަހުވަދޫ، ދ. މާއެނބޫދޫ
  •  ތ. ގާދިއްފުށީ، ތ. ތިމަރަފުށި، ލ. ދަނބިދޫ
  • ގއ. ކޮލަމާފުށި، ގއ. ދެއްވަދޫ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!